ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުން 77 ޖެނެރޭޓަރު އާ ޖެންސެޓަށް ބަދަލުކޮށް 313 ޖެން ސެޓު މަރާމާތުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ހުރިހާ އިންޖީނުގެ ހުރީ މުޅިންހެން ބޮޑެތި މައްސަލަތައް ޖެހިފައި ކަމަށެވެ.

އަދި ކުރިން ވެރިކަން ކުރިއިރު މަރާމާތުކުރުމަކީ ގަބޫލުވެސް ކުރާ ކަމެއް ނޫންކަމުގައި ހީވާކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ މިހާރު ކަންތައްތައް ހުރި ގޮތުން އަދި ސަރުކާރަށް އުޅެންޖެހިފައި އޮތީ އިންޖީނުގެތައް މަރާމާރުކޮށްގެން ކަރަންޓް ދިނުމަށްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ގިނަ ރަށްތަކުގެ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައިކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާތަނަށް އައިއިރު އަޅުގަނޑުމެން މީގެ ތެރެއިން 77 ޖެނެރޭޓަރު އާ ޖެންސެޓަށް ބަދަލުކޮށްފިން. 313 ޖެން ސެޓް މާރާތަތުކޮށް ނުވަތަ އޯވާހޯލް ކޮށްދީފިން. ދެން ގްރިޑް އަޕްގްރޭޑްކޮށްދީފިން 15 ރަށެއްގައި. މިއީ މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި މަސައްކަތް. މީގެ ކުރިން ހަމަ ދޫކޮށްލައިފައި ހުރި ކަންކަން މިއީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލައިގެ ސީރިއަސްކަން ވެސް ގިނަ ފަހަރު ރައްޔިތުންނަށް އެނގެނީ ރޯދަ މަސް އައުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން