ޔަމަނުގެ ހޫތީން އިއްޔެ އިސްރާއިލުގެ ތެލް އަވީވްގައި ހުންނަ ބެން ގުރިއޯން އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން ގިނަ އެއާލައިންތަކުން ތެލް އަވީވަށް އުދުންތައް މެދުކަނޑާލައިފި އެވެ.
ހޫތީން އެ އެއާޕޯޓަށް ހަމަލާ ދިނީ ހައިޕަސޮނިކް ބެލިސްޓިކް މިސައިލްއިން ބޭނުންކޮށްގެން ނެވެ. އެ ހަމަލާގައި ހަ މީހަކު ޒަަހަމްވި ކަމަށް އިސްރާއިލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ހަމަލާއާ ގުޅިގެން އުދުހުންތައް މެދު ކަނޑާލީ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ލުފްތަންސާ އެއާ ފްރާންސް، ޔޫއެސް ކެރިއާ ޑެލްޓާ އަދި ހަންގޭރީގެ ވިޒް އެއާލައިން ހިމެނެ އެވެ.
އޭގެ އިތުރުން ސުވިސް، އޮސްޓްރިއަން އެއާލައިން އިން ވެސް އުދުހުންތައް ވަނީ މެދުކަނޑާލައިފަ އެވެ.
އެހެން ނަމަވެސް ފްލައި ޑުބާއީ، އިތިއޯޕިއަން އެއާލައިންއިން އިއްޔެ ދިން ހަމަލާއަށް ފަހު ވެސް ތެލް އަވީވްއަށް އުދުހުންތައް ކުރިއަށް ގެންދިޔަ އެވެ.
ހޫތިން އިސްރާއިލުގެ ވައިގެ ބަނދަރުތަކަށް ވެސް ހަަމަލާ ދޭން ފަށާފައިވާ އިރު އިސްރާއިލުގެ އެއްގަމު ބަނދަރުތަކަަށް ހޫތީން ހަމަލާތައް ދެމުން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ހޫތީގެ ހަމަލާތައް ހުއްޓުވަން "ތާޑް މިސައިލް ޑިފެންސް" ސިސްޓަމް އެެމެރިކާއިން އިސްރާއިލުގައި ބެހެއްޓި ނަމަވެސް ހޫތީން ދަނީ އެސިސްޓަމްވެސް ފޫއަޅުވާލައި ހަމަލާތައް އިސްރާއިލަށް ދެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު