މަރްޔަމް ނަހްދާ ވަޙީދު   5 މޭ 2025 - 7:11
ކާ އެއްޗެހީގެ ސަބަބުންވެސް ހަންގަނޑަށް އަސަރުތައް ކުރޭ
ކާ އެއްޗެހީގެ ސަބަބުންވެސް ހަންގަނޑަށް އަސަރުތައް ކުރޭ
ހަމުގެ މައްސަލަތަކަކީ މިހާރު ވަރަށް ގިނަ މީހުންނަށް ދިމާވަމުންދާ ކަމެކެވެ. ހަންގަނޑު ރީތިކުރުމަށްޓަކައި އެކި ކަހަލަ ކްރީމްތަކާއި ލޯޝަންތައް ބޭނުންކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އެހެންނަމަވެސް، ހަންގަނޑު ރީތިކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ކެއުމުގެ އާދަތައް ބަދަލު ކުރުމެވެ. އަޅުގަނޑުމެން ކާ އެއްޗެހީގެ ސަބަބުން ހަމުގެ ގިނަ މައްސަލަތައް ހައްލުކުރެވޭނެއެވެ.

ތިރީގައި މި ހިމަނާލަނީ ހަމުގެ މައްސަލަތައަ ރަނގަޅު ކުރަން ބޭނުންވާނަމަ ކާންވީ ބައެއް ކެއުމުގެ ބާވަތްތަކެވެ.

ފަޅޯ

ފަޅޮލަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން އޭ އަދި ވިޓަމިން އީ އެކުލެވޭ އެއްޗެކެވެ. މި ވިޓަމިންތަކަކީ ހަމުގެ ސެލްތައް އާކޮށް، ހަމުގެ ކުލަ އެއްގޮތް ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. ފަޅޮލުގައި އެކުލެވޭ އެންޒައިމްތަކުގެ ސަބަބުން ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ހަންގަނޑު އާވެ، އައު ސެލްތައް އުފެދުމަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން، ހަފްތާއަކު ދެތިން ފަހަރު ފަޅޯ ކެއުމުން ހަންގަނޑު ރީތިވެގެން ދެއެވެ.

ފިޔާ

ފިޔަލުގައި އެކުލެވޭ ކްވަރސެޓިން އަދި އެލިސިން ފަދަ މާއްދާތަކަކީ ހަމުގެ ސެލްތައް ރައްކާތެރިކޮށްދޭ އެންޓި އޮކްސިޑެންޓްތަކެވެ. މީގެ އިތުރުން، ފިޔަލުގައި އެކުލެވޭ ސަލްފަރގެ ސަބަބުން ހަމުގެ ކޮލެޖަން އުފެއްދުމަށް އެހީތެރިވެދެއެވެ. އަދި ހަމަ އެހެންމެ، މީގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ހަމުގެ އިންފެކްޝަންތަކުން ރައްކާތެރިވެ، ހަމުގެ ކުލަ ރީތިވެގެންދެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ކެއުމުގައި ފިޔާ ހިމެނުމުން ހަންގަނޑު ދުޅަހެޔޮވެ، ރީތިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން