އިސްރާއިލުން ދިން ހަމަލާއެއްގެ ތެރެއިން--
އިސްރާއިލުން ދިން ހަމަލާއެއްގެ ތެރެއިން--
އިސްރާއިލާ އެމެރިކާ ގުޅިގެން ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ޔަމަނުގެ ހޫތިން އިސްރާއިިލަށް ހަމަލާތަކެއް ދެމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ހޫތީން ވަނީ އިސްރާއިލުގެ އެންމެ ބޮޑު އެއާޕޯޓް، ބެން ގުރިއޯން އިންޓަނޭޝަނަލް އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ވެސްދީފަ އެވެ.

ޔަމަނުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ރޭ އިސްރާއިލާ އެެމެރިކާ ގުޅިގެން ޔަމަނަށް ހަމަލާތަކެއް ދިންއިރު އިސްރާއިލުގެ 30 ފައިޓާ ޖެޓު ހަމަލާތަކުގައި ބައިވެރިވި އެވެ.

އެ ހަމަލާތައް ޔަަމަނުގެ ހުދައިދާ ބަނދަރަށް ބޮޑަށް އަމާޒުކުރި އިރު އެ ސަރަހައްދުގައި ވަރަށް ބޮޑަށް އަލިފާންރޯވެފައި ވެއެވެ.

މިދިޔަ މާޗު މަހުން ފެށިގެން އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން އަލުން ޔަމަނަށް ހަމަލާތައް ދޭން ފެށިއިރު މިހާތަނަށް 1000އަށް ވުރެ ގިނަ ހަމަލާ އެ ކޯލިޝަނުން ވަނީ ދީފަ އެވެ. ނަމަވެސް ހޫތީންނަށް އެއްގޮތެއްވެސް ހަދައެއް ނުލެވެއެވެ. އަދި ހޫތީން އަދިވެސް ދަނީ ކެނޑި ނޭޅި އިސްރާއިލަށް ހަމަލާތައް ދެމުން ނެވެ.

ޔަމަނުން މިދިޔަ އާާދިއްތަ ދުވަހު ދިން ހަަމަލާއާ ގުޅިގެން ބޮޑެތި އެއާލައިންތަކުން ވަނީ އިސްރާއިލަށް އުދުހުން ވެސް މެދުކަނޑާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން