ނިރުބަވެރި އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަނާގެ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
މި އެއާޕޯޓަކީ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ އެއާޕޯޓެކެވެ. މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާގައި އެއަރޕޯޓް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ދިން މި ހަމަލާގައި ސަނާގެ ސިމެންތި ފެކްޓަރީއަކާއި އެތައް އިންޖީނުގެ ތަކަކަށްވެސް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. މިއީ އާދިއްތަ ދުވަހު ތެލް އަވީވްގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓާ ކައިރިއަށް ހޫތީން ތިން ބެލިސްޓިކް މިސައިލް ހަމަލާގެ ބަދަލެއްގެ ގޮތުގައި ދިން ހަމަލާއެއްކަމަށް އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލުން ބުނެފައިވާ ގޮތުގައި "އެއަރޕޯޓަކީ ހޫތީ ނިރުބަވެރިކަމުގެ ހަތިޔާރާއި މީހުން ބަދަލުކުރުމުގެ މައި މަރުކަޒެއް" ގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ.
"މި އޮޕަރޭޝަން ހިންގީ އެއަރ ފޯސްގެ ކޮމާންޑަރާއި ޗީފް އޮފް ސްޓާފްގެ ހުއްދައާ އެކުގައި" ކަމަށްވެސް އިސްރާއީލުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްރާއީލަށް ނުރައްކާވާ ކޮންމެ ފަރާތަކާ ދެކޮޅަށް "ބާރުގަދަ ގޮތެއްގައި ހަމަލާދިނުން ކުރިއަށް ގެންދާނެ" ކަމަށްވެސް ބުނެފައިވެއެވެ.
ޔަމަންގެ ހޫތީންގެ އަލް މަސީރާ ޓީވީން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި 30 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު