ވާނުވާ ބަންދުގައި ތިބި ފަރާތްތައް މޮނިޓަރ ކުރެވޭނެހެން ދޫކުރެވޭތޯ ބެލުމަށް ޕްރޮސެކިއުޓާރ ޖެނެރަލް އައްބާސް ޝަރީފް އާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާކަމަށެވެ. އަދި ސަރުކާރުން ކުރާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމަށްވެސް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން އެމައްސަލައަށް ޙައްލު ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެބޭފުޅުންގެ ހުރި ޚިޔާލުތައް ޙިއްޞާކޮށްފައި ވާކަމަށެވެ.
އެގޮތުން ހުށަހެޅި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދިނުން ހިމެނެއެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް "ވާނުވާ ބަންދު" ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުޞޫލުތައްވެސް އެބޭފުޅުން ވަނީ މި ބައްދަލުވުމުގައި ފާހަގަ ކުރައްވާފައެވެ. އެގޮތުން ބަންދުގައި ތިބި ފަރާތްތަކަށް އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް އެބޭފުޅުން ވަނީ ރައީސް އާ ހިއްސާ ކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމުގައެވެ.
އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނީ "ވާނުވާ ބަންދު" ގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ޙައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް އެބޭފުޅުން ރައީސްއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ކަރުދާހުގައި ވާނުވާ ބަންދު" ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު