މ. މުލީގައި އަލަށް ތަރައްގީކޮށްފައިވާ އެއާޕޯޓު އާންމު ދަތުރުތަކަށް ހުޅުވާލައިފި އެވެ.
މުލީގައި ތަރައްގީކުރި އެއާާޕޯޓަށް ޓެސްޓު ފްލައިޓްތައް ޖެއްސީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެެވެ. އަދި ނިިމިގެން ދިޔަ ހަފްތާގައި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ތާވަލުކޮށްފައި އޮތް ނަމަވެސް އެކަން އޮތީ ފަސްކޮށްފަ އެވެ.
ނަމަވެސް އެއާޕޯޓު ހިންގާ ރީޖަނަނަލްް އެއާޕޯޓްސް ކުންފުނިން ބުނީ އާންމު ދަތުރުތަކަށް އެ އެއާޕޯޓު މޯލްޑިވިއަން، މަންތާ އެއާ އަދި ވިލާއެއާއަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ނަމަވެެސް އެއިން އެއްވެސް އެއާލައިންއަކުން ދަތުރުތައް ޝެޑިއުލްކުރި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މުލީ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކައި، 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު