ޕާކިސްތާނުގައި ތިބި ދަރިވަރުން ރާއްޖެ ގެންނަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.
އިންޑިއާއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ބަޑިން ދުވަސްކޮޅަކު ހަމަލާތައް ދިނުމަށްފަހު އިއްޔެއާއި މިއަދު އިންޑިއާއާއި ޕާކިސްތާނުން ދަނީ ވައިގެ ހަމަލާތައް ބަދަލުކުރަމުން ނެވެ. އިންޑިއާއިން ދިން ހަމަލާތަކުުގައި މި ދެ ދުވަހު މަތިން ވަނީ 31 އާންމުންގެ މީހުންވެސް މަރުވެފަ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މިއަދު އެކްސްގައި ވިދާޅުވީ ޕާކިސްތާނުގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖެ ގެެނެވޭނެ ގޮތް ހަދަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި މަޝްރަހު ބަދަލުވަމުންދާގޮތުން މިނިސްޓްރީން ގާތުން ބަލަމުންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ދަރިވަރުން ރައްކާތެރިކަމާއެކު ރާއްޖެ ގެނެސްދެއްވާ." ދުންޔާ ވިދާޅުވި އެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަލާތައް ފެށުނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި މިދިޔަ މަހު ފަތުރުވެރިންތަކެއް މަރާލި ހާދިސާއަށް ފަހު އެވެ. އިންޑިއާއިން ބުނީ އެ ހަމަލާތަކުގެ ފަހަތުގައި އޮތީ ޕާކިސްތާން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު