ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ގިނައީ "މަލްޓިޕަލް ޑިސެބިލިޓީ" ހުންނަ ކުދިން ކަމަށް އެންސްޕާއިން ހާމަ ކޮށްފިއެވެ.
އެންސްޕާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކުޑަކުދިންގެ އަދަދު ވަނީ 4700 އަށްވުރެ މަތިވެފައެވެ.
މީގެ ތެރޭގައި މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 1873 ކުދިންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1021 ކުދިންނާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 640 ކުދިންނާއި، ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 460 ކުދިން ހިމެނެއެވެ.
އަދި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ 442 ކުދިންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 218 ކުދިންނާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 105 ކުދިންގެ އިތުރުން އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 31 ކުދިން ވަނީ ދަފްތަރުގައި ރަޖިސްޓްރީ ވެފައެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ގިނައީ 10 އަހަރާއި 14 އަހާރައި ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ. އެގޮތުން މި އުމުރުފުރާގެ 1745 ކުދިން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށް އެންސްޕާއިން ވަނީ ހާމަ ކޮށްފައެވެ.
މީގެ އިތުރުން 5 އަހަރާއި 9 އަހަރާ ދެމެދުގެ 1631 ކުދިންނާއި، 15 އަހަރާއި 17 އަހަރާ ދެމެދުގެ 839 ކުދިންނާއި، 4 އަހަރުން ދަށުގެ 575 ކުދިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށް އެންސްޕާއިން ވަނީ ހާމަ ކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި ތިބޭތިބުމަށް ނިމުމެއް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު