މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ
އެނިމަލް ވެލްފެއާ މިނިސްޓްރީގައި ތިއްބެވީ 48 ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މާރިޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނަމަވެސް އެ ވުޒާރާގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އިތުރު ތަފްސީލާއި، މުވައްޒަފުންގެ ވަކިވަކި މަޤާމްތަކުގެ ޢަދަދު ވަޒީރު ހާމަކުރަށްވާފައެއް ނުވެއެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީގައި ތިއްބެވީ 48 ސިޔާސީ މުވައްޒަފުން ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ސަރުކާރުން އަޅަން ނިންމި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 31 އޮކްޓޯބަރ 2024ގެ ނިޔަލަށް ސިޔާސީ ވަޒީފާތަކުން 228 މީހަކު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މުޅި ސަރުކާރުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރު ނުކުރެއްވުމަކީ އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން