ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު އެކަނިވެސް 50.2 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 14,024 މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި 50.2 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ޖުމްލަ 14,188 މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 4,700 ކުދިން ހިމެނެ އެވެ.
މިދިޔަ މަހު އަލަށް 103 މީހަކު އެންސްޕާގައި ދަފުތަރުވެފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދޭން ފެށީ 2011 އިން ފެށިގެންނެވެ. އަދި 2023 އިން ފެށިގެން އެލަވަންސްގެ ގޮތުގައި ދެމުން އަންނަނީ 3,000ރ. އެވެ.
ސަރުކާރުން މިހާރު އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު