ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލުމަށް މަސައްކަތްތަކެއް ކުރަމުންކަމަށްބުނެ ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފިއެވެ.
އެޕާޓީން މިފަދަ ބަޔާނެއް ނެރުނީ ކައުންސިލްތަކުން ބްލޮކް ގްރާންޓް ފައިސާ ބޭނުން ކޮށްގެން ކައުންސިލް އޮތްގޮތަށް ބެންކޮކަށް ޛާކަމަށް ވިދާޅުވުމާއި އާބާދީގައި 100 ހަމަނުވާ ރަށްރަށުގައި ވެސް ފަސް ކައުންސިލަރުން ތިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ.
ޑިމޮކްރެޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ލާމަރުކަޒީ ނިޒާމު ހިންގަން ހުރި ދަތިތަކުގެ ވާހަކަތައް އެންމެ ގިނައިން ދައްކަވާ އަދި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރައްވާނެ ކަމުގެ ވައުދާއެކު ވަޑައިގެންނެވުމަށްފަހު ކަނޑައެޅިގެން އެ ނިޒާމަށް ކުޑައިމީސްކޮށް އަގު ވައްޓާލަން ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވާ ކަމަށެވެ.
ބަޔާނުގައި ބުނީ، އެމަނިކުފާނު ކުރިއަށްގެންދަވާ ޕޮޑްކާސްޓްގައި ދައްކާފައިވާ ވާހަކަފުޅެއްގައި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ނަގައިގެން ކައުންސިލްތައް އޮތްގޮތަށް ދަނީ ތަޖުރިބާ ދަތުރޭކިޔާފައި ބެންކޮކަށްކަމަށް ވިދާޅުވެފައިވާތީ އެކަން ކުށްވެރި ކުރާކަމަށެވެ.
އަދި މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރުކުރައްވަމުން "ސަތޭކަ މީހުން ހަމަނުވާ ރަށެއްގައިވެސް ފަސް ކައުންސިލަރުން އެބަތިކަމަށާއި ކައުންސިލުގައި މިތިބެނީ ބައްޕައާ މަންމައާ ދަރިންނޭ، އެއްބަޔަކު މިދަނީ މަހަށޭ" ވިދާޅުވެ ކަނޑައެޅިގެން ދޮގު މައުލޫމާތު ބޭނުން ކުރައްވާފައިވާކަމަށް އެޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި އިތުރަށް ބުނީ، ވެރިކަންކުރާ ޕީއެންސީގެ ނުފޫޒުގަދަ މަޖިލީސް މެންބަރުން ލައްވާ "ކުރީ ކަތީބުން ތިބިއިރު މާ ރަނގަޅުކަމަށް" ބުނެ ވާހަކަ ދައްކުވަމުން ދާކަމަށެވެ.
އެހެންކަމުން އެ ވާހަކަފުޅުތަކަކީ ލާމަރުކަޒީ ނިޒާމަށް އުނިކަން އަންނާނެފަދަ އަދި އެ ނިޒާމުގެ އަގުވެއްޓިގެންދާނެ ކަންކަންކަމުން އެގޮތަށް އެވާހަކަތައް ނުދައްކެވުމަށް ޑިމޮކްރެޓްސްއިން ވަނީ ގޮވާލާފައެވެ. އަދި ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު ވައުދުވެވަޑައިގެންނެވިގޮތަށް ކަންކަން ކުރައްވަމުން ގެންދިޔުމަށް ހަނދާންކޮށްދޭކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު