ރައީސް މުޢިއްޒު މުލީ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށްޓަވައި ދެއްވުން
ރައީސް މުޢިއްޒު މުލީ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށްޓަވައި ދެއްވުން
މ. މުލީގައި 4 ބުރީގެ ޒަމާނީ ހޮސްޕިޓަލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މ. މުލީ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

“މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.” ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫޢު ނިމުމުން މުލީގެ އިތުރުން މީމު އަތޮޅުގެ ގިނަ ރަށްރަށަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން