ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ޖާގަ ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުން ދެ ބޭފުޅަކު ވަކިކުރުމާ ގުޅިގެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ފާސްކޮށްފައެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުގައި ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 12:00 އަށެވެ.
އެ މުއްދަތުގައި އެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއިރު، އޭގެ ތެރޭގައި މިހާރުވެސް ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރައްްވާފައިވާ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންވެސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު