ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޒަމާނީ ސަރވައިލަންސް ޑްރޯން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޚާއްޞަ ހަފްލާގައި، ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.
ކަސްޓަމްސްއަށް މި ޑްރޯންތައް ހަދިޔާކޮށްފައިވަނީ އޮސްޓްރޭލިއަން ބޯޑަރ ފޯސްގެ ފަރާތުންނެވެ.
ކަސްޓަމްސް އިން ބުނީ މި ޑްރޯންތަކުގެ އެހީގައި ރާއްޖޭގެ ބަނދަރުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަޙައްދުތައް މޮނިޓަރކުރުމުގެ ޤާބިލުކަން އިތުރުވެ، ކަސްޓަމްސްގެ ތަންފީޛީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު