ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން، ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ މިނިސްޓްރީ އޮފް މެރިޓައިމް އެފެއާޒްގައި ބޭއްވުނު މި ރަސްމީ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަގޮތެއްގައި، ދެޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން (ކަނެކްޓިވިޓީ) އިތުރަށް ހަރުދަނާކޮށް، ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކޮށް، ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުންވެސް ވަނީ ފުރިހަމަ ޝައުޤުވެރިކަމާއި ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު