ރޯދައަށް ކުރިން ބެހި މަސްދަޅުތަކެއް ހިފައިގެން އާންމުންގެ ބަޔަކު ގެއަށް ދަނީ--
ރޯދައަށް ކުރިން ބެހި މަސްދަޅުތަކެއް ހިފައިގެން އާންމުންގެ ބަޔަކު ގެއަށް ދަނީ--
ކުރިއަށް އޮތް ރޯދަ މަހުވެސް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 87 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް މަސްދަޅު ކޭސް ބަހަން ފެށީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހުއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ މި މަޝްރޫއަށް ކުރިއަށް އޮތް ތިން އަހަރު ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ އަދަދުތައްވެސް ހާމަކޮށްފައެވެ. އެގޮތުން އަންނަ އަހަރަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2028 ވަނަ އަހަރު 90 މިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 95 މިލިއަން ރުފިޔާ މިކަމަށް ހޭދަވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

މިފްކޯއިން ބުނީ މިދިޔަ ރޯދަ މަހު 111،231 ކޭސް ބެހިއިރު، އަންނަ ރޯދަ މަހަށް 118،000 ކޭސް ބަންދުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު