ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން ނިންމައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ ހިދުމަތާއި އެޗްޑީސީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު މައުރޫފް ޖަމީލު އެވެ.
އެޗްޑީސީން ބުނީ ފުލުހުންގެ ހެޑް ކުއާޓަރުގެ އިތުރުން ޑޭޓާ ސެންޓަރެއް ވެސް ހުޅުމާލޭގައި އަޅާނެ ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމަކީ ހުޅުމާލޭގައި އާންމުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ފުލުހުންގެ މައި ހެޑްކުއާޓަރުގެ ގޮތުގައި މިހާރު ބޭނުންކުރަނީ މާލޭގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ޝަހީދު ހުސެއިން އާދަމް ބިލްޑިން އެވެ.

ކިޔުންތެރިންގެ ހިޔާލު