ހާވަޑް ޔުނިވާސިޓީއަށް ބިދޭސީ ދަރިވަރުން ވެއްދުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކުރައްވައިފި އެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކެޓްރީ ކްރިސްޓީ ނޮއެމް އެ ނިންމުން ދިފާއު ކުރައްވައި ވިދާޅުވީ މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ގުޅުން ބާއްވައި ޔަހޫދީންނަ ދެކޮޅަށް ނަފްރަތު އުފައްދުމަށް ހާވާޑުން ހިތްވަރުދޭތީ ހާވާޑްއާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެ ނިންމުން ނިންމިއިރު އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ހާވާޑްގައި ވަރުގަދަ އިހުތިޖާޖުތަކެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އެހެންވެ ޓްރަމްޕް ވަނީ ހާވާޑްއަށް ދޭން އޮން 2.2 ބިލިއަން ޑޮލަރުވެސް ނުދޭން ނިންމައިފަ އެވެ.
ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ހަވާޑުން ނެރުނު ބަޔާނުގައި ބުނީ އެއީ ގަނޫނާ ހިލާފު ނިންމެވުމެއް ކަމަށެވެ.
ހާވާޑްއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޔުނިވާސިޓީކަމަށްވާ އިރު އެ ޔުނިވާސިޓީގައި 6000 އަށް ވުރެ ގިނަ ބިދޭސީ ދަރިވަރުން ކިޔަަވަ އެވެ.
މިހެންކަމުން ޓްރަމްޕްގެ ނިންމެވުމާއެކު ހާވާޑްގައި ކިޔަަވަން ބޭނުންވާ ބިދޭސީ ދަރިވަރުންގެ އުއްމީދުތައް ނިމުމަކަށް އަންނާނެ ކަމަށް ބުނެ ކަމާ ބެހޭ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްރަމްޕް މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން ދަނީ އިމިގްރޭޝަން ގަވާއިދުތަކާ ހިލާފުވެކަމަށް ބުނެ އެމެރިކާގައި ކިޔަވަމުންދާ އެތަކެއް ދަރިވަރުންނާއި، އާންމު ބިދޭސީ ރައްޔިތުން އެމެރިކާއިން ބޭރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު