ނަސޭހަތުގެ އެއްބަސްވުން ނެހެދޭ ގޮތަށް ހުރި ގާނޫނުތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުން ނެހެދޭ ގޮތަށް މިހާރު ގާނޫނުތައް ހުރި ކުށްތައް އަލުން ރިވިއުކޮށް، އެއަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، ޚާއްޞަކޮށް ޒުވާން ކުދިންނަށް މިހާރުވެސް ނަސޭހަތުގެ އެއްބަސްވުމުގެ ދަށުން ތިން އަހަރަށް އިތުރު ކުށެއް ނުކުރާނެ ކަމަށް ޝަރުތުކޮށް، އަދި އެހެން ޝަރުތުތަކާއެކު ދޫކޮށްލުމުގެ ޕްރޮގްރާމުގެ ދަށުން ވަރަށް ގިނަ އެއްބަސްވުންތަކުގައި މިހާރުވެސް ސޮއިކުރެވިފައިވާ ކަމަށެވެ. ޕީޖީ އިތުރަށް ވިދާޅުވީ، އާންމު އުސޫލެއްގެ ގޮތުން ބައެއް ބޮޑެތި ކުށްތައް ފިޔަވައި، ކުއްޖަކަށް ނަސޭހަތުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލެވޭ ކަމަށްވާނަމަ އެގޮތަށް ޢަމަލުކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، ފުލުހުންގެ ތަޙުޤީޤުތައްވެސް މިހާރު ބައްޓަންކުރަމުންދަނީ މިގޮތަށް ކަމަށާއި، ތަޙުޤީޤުގެ ތެރެއިންވެސް މި ފުރުޞަތު އޮތްކަން ކުއްޖާއަށާއި ކުއްޖާގެ ވަކީލުންނަށް އަންގައިދެމުންދާ ކަމަށެވެ. އަދި މި ފުރުޞަތު ހިފަން ބޭނުންވާ ކުދިންނަށް ތަޙުޤީޤު ފުރިހަމަ ނުވިޔަސް މެދުތެރެއިންވެސް މި ފުރުޞަތު ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، މި އެއްބަސްވުންތަކުގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި، މީގެ ފައިދާތަކެއްވެސް ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ތިން އަހަރު ވަންދެން އިތުރު ކުށެއް ނުކޮށް ރަނގަޅު ގޮތުގައި އުޅުމަށް ބާރުއެޅެމުންދާ ކަމަށާއި، މިހާރު އަންނަ މައްސަލަތައްވެސް މަދުވާން ފަށައިފައިވާ ކަމަށެވެ.
އެހެންނަމަވެސް، ބައެއް ކަހަލަ ކުށްތަކަކީ ނަސޭހަތުގެ އެއްބަސްވުން ނެހެދޭ ގޮތަށް މިހާރު ގާނޫނުތައް ހުރި ކުށްތައް ކަމަށް ޕީޖީ އައްބާސް ޝަރީފް ވިދާޅުވިއެވެ. މި ކުށްތައްވެސް އިތުރަށް ރިވިއުކޮށް، އެއަށް ބަދަލުތަކެއް ގެނެސްގެން މި ޕްރޮގްރާމް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ، އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާ ދެމެދު ހަދާ ނަސޭހަތުގެ އެއްބަސްވުމަކީ، ކުށުގެ ތުހުމަތުކުރެވޭ މީހާ އެކުރި ކުށަށް އިޢުތިރާފުވާނަމަ، ނުވަތަ އިޢުތިރާފުވުމަށް އެއްބަސްވާނަމަ، ހާއްސަކޮށް ކުދިކުދި ކުށްތައް ކުރާ މީހުންނަށް އަމާޒުކޮށްގެން ހަދާ އެއްބަސްވުމެކެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، މިހާރު ތަޙްޤީޤު މަރުޙަލާގަޔާއި، ދަޢުވާކުރުމުގެ މަރުޙަލާގަޔާއި އަދި ޝަރީޢަތުގެ ޚުލާޞާ ބަޔާން އިއްވުމުގެ ކުރިންވެސް ނަސޭހަތުގެ ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅިދާނެއެވެ.
ޕީޖީ އޮފީހުގައި ނަޞޭޙަތުގެ އެއްބަސްވުމާއި އިޢުތިރާފުގެ އެއްބަސްވުންތައް ހެދުމަށް އެދި ހުށަހަޅާ ކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ސިޔާސަތު އެކުލަވާލުމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާ ދިނުމަށް ޚާއްޞަ ޔުނިޓެއް (ޕްލީ ބާގެއިން ޔުނިޓް) ވެސް ޤާއިމުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު