މުސްތަޤްބަލުގައި ހުޅުމާލެ ވެގެންދާނީ ފައިނޭންޝަލް ކެޕިޓަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ އައު މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ. ހަމައެއާއެކު ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް އައު މާސްޓަރ ޕްލޭނުން މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
“މި މާސްޓަރ ޕްލޭނަކީ ސަރުކާރުން ކުރިއަށްގެންދަން ގަސްތުކުރާ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކާއި، ހުޅުމާލޭގެ 3 ފިޔަވަހި އެކުގައި ފައިނޭޝިއަލް ސެންޓަރަކާއެކު ގުޅިލާމެހިގެން ތަރައްޤީ ގެނައުމަށް މަގުފަހިވެގެންދާނެ މާސްޓަރ ޕްލޭނެއް.” ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރިން އެކުލަވައިލި ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި 133000 ވަޒީފާގެ ފުރުސަތު އޮތްއިރު، ފަހުން ގެނެވުނު ބަދަލާއެކު 93000 ވަޒީފާ އިތުރުކޮށް، މި މާސްޓަރޕްލޭންގައި 224000 ވަޒީފާއަށް ވަނީ އިތުރުކޮށްފައެވެ.
އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުންވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލައި، ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ޤާއިމުކުރުމަށްވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއްވެސް ދައްކާލާފައިވެއެވެ. އަދި އެޗްޑީސީގެ އައު ވެބްސައިޓުވެސް އިފްތިތާޙްކޮށްފައިވެއެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒް ކޮށްފައިމިވަނީ ހުޅުމާލޭގެ ފުރަތަމަ މާސްޓަރ ޕްލޭނަށް 24 އަހަރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު