ރައީސް މުއިއްޒު
ރައީސް މުއިއްޒު
ހުޅުމާލޭގެ ރިވައިސްޑް މާސްޓަޕްލޭންއާއެކު 300,000 މީހުންނަށް ރަނގަޅު ފެންވަރެއްގެ ދިރިއުޅުމެއް އުޅެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ އާ މާސްޓަ ޕްލޭން އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އާ މާސްޓަޕްލޭނަކީ ދުރުރާސްތާއަށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމަށެވެ.

އަދި ހުޅުމާލޭ ރިވައިސްޑް މާސްޓަޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް ތިން ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެެއްވި އެވެ.

އަދި މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްގީގެ ކަންކަން ކުރިއަށްގެންދަންވާނީ، އެ ކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާ، ރިވައިސްޑް މާސްޓަ ޕްލޭނާއެކު އެ ފުރުސަތު ފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ޕްލޭން ހަގީގަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން، ރައީސް ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއްގައި ފުއްދަވައިދެއްވަން ވައުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް، އެޗްޑީސީގެ އެއްބާރުލެއްވުމާއެކު، ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުންނެވެ.

ހުޅުމާލޭގެ އާ މާސްޓަޕްލޭނަކީ އާންމު ދިރިއުޅުން އާ ހަރުފަތަކަށް އުފުލައި ވިޔަފާރިއާއި އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްގީގެ ވެއްޓެއް ކަށަވަރުކޮށްދޭން އެކުލަވާލި މާސްޓަޕްލޭނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން