މާދަމާ އަކީ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ މާދަމާ މީލާދީ ސަނަތުން 28 މެެއި 2025 ވާ ބުދަ ދުވަހަކީ މިއަހަރުގެ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމަށެވެ.

އެހެންކަމުން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުވަހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތަށް ހަމަޖެހުމާއި ގުޅިގެން މިއަހަރު އަޟްޙާ ޢީދު ދުވަހަށް ވާނީ އަންނަ ޖޫން މަހުގެ 06 ވާ ހުކުރު ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން