ހުޅުމާލެ
ހުޅުމާލެ
ހުޅުމާލޭ ސޯޝަލް ހައުސިން ޔުނިޓުތަކުން ކުލީގެ ގޮތުގައި 728 މިލިއަން ރުފިޔާ ދަޢުލަތަށް ނުލިބި އެބައޮތްކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުން، ހުޅުމާލޭ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކަކާއި، ފޭސް ދޭއްގެ ހިޔާ ޓަވަރުގެ ހައުސިން ޔުނިޓުތައް ހިމެނޭހެން، އެޗްޑީސީން ކުލި ނަގައި، ބަލަހައްޓަނީ ޖުމްލަ 8،511 ހައުސިންގ ޔުނިޓެވެ. އޭގެތެރެއިން ގަވައިދުން ކުލި ދައްކަނީ 3،219 ޔުނިޓުންނެވެ.

ގަވައިދުން ކުލި ނުދައްކާ 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާއިރު މި އަހަރުގެ ފެބްރުއަރީ 28 ގެ ނިޔަލަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ދަޢުލަތަށް ލިބެންޖެހޭ ކުލީގެ ތެރެއިން 728،193،616.18 ރުފިޔާ ލިބިފައެއް ނުވެއެވެ.

އަދި އެއް ޔުނިޓަކުން ކުލި ނުދައްކާ އޮތް އެންމެ ބޮޑު އަދަދަކީ 1،115،769.73 ރުފިޔާއެވެ. ނަމަވެސް ކުލި ނުދައްކައިގެން މިހާތަނަށް އެއްވެސް ހައުސިން ޔުނިޓެއް އަތުލާފައެއް ނުވެއެވެ.

ހުޅުމާލޭ ހައުސިންގ ޔުނިޓްތަކުން ޤަވާއިދުން ކުލި ނުދެއްކުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫގެ ތެރެއިން އަޅާފައިވާ ފްލެޓްތަކުގެ ކުލިން ބައެއް މާފު ކުރުމުންވެސް ކުލި ނުދައްކާތީ، ކުލި ނުދައްކާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން