މަރްޔަމް ނަހްދާ ވަޙީދު   28 މޭ 2025 - 16:52
މިފްސާގެ ޗެއާޕާސަން
މިފްސާގެ ޗެއާޕާސަން
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ)އަށް ސީއީއޯއެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަގާމަށް މީހަކު އައްޔަންކުރަން ހަމަޖެހިފައި ވަނީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ. މި މަގާމުގެ މުސާރައިގެ ގޮތުގައި މިނިސްޓްރީން ވަނީ 57،000 ކަނޑައަޅާފައެވެ.

ސީއީއޯގެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ފައިނޭންސްއާ ގުޅުން ހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި، ގާނޫނީ، އިކޮނޮމިކްސް، އެކައުންޓިން ނުވަތަ ބިޒްނަސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމަކީވެސް މަގާމަށް ކުރިމަތީލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ އާދިއްތަ ދުވަހުގެ 10:00ގެ ނިޔަލަށް ކަމަށެވެ.

‎މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ މިދިޔަ އަހަރު ޖެނުއަރީގައެވެ. މި އިދާރާއަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް އެކުލަވާލި އިދާރާއެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި އިދާރާގެ ގަވަނިން ބޯޑެއް ރައީސް ވަނީ މީގެ ކުރިން އެކުލަވާލާފައެވެ. އެ ބޯޑުގެ ޗެއާޕާސަންގެ މާގަމަށް އައްޔަނުކުރެއްވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން