2018 އިން 2023 އަށް ޔޫތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓަކީ ތިން ސަރުކާރު ހިމެނޭހެން ނެރެފައިވާ ރިޕޯޓެެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.
މަޚުލޫފް މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި މިއަދު ކުރެެއްވި ޕޯސްޓެއްގައި ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަޚުލޫފު ވިދާޅުވީ އެންމެ ގިނަ ޕްރޮޖެކްޓު ހިންގި އެއް މިނިސްޓްރީއަށްވެފައި، ތަޙުޤީޤު ކުރަންޖެހޭ އެންމެ 2 މައްސަލަ އެކަނި އޮތްކަމީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެއް ކަަމަށެވެ. އަދި މި ދެ މައްސަލައަކީވެސް އެ މިނިސްޓްރީއާ ގުޅުމެއް ނެތް މައްސަލަތަކެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ އެންމެފަހު ބައްދަލުވުމުގައި، ބޮޑެތި މައްސަލަތަކެއް ނެތްކަމަށް އޮޑިޓަރުން މިނިސްޓްރީގެ ވެރިންނަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށާއި، 5 އަހަރު ތެރޭ އެއްވެސް ކަމެއް އިޞްލާޙުކުރަން ރަސްމީ އަދި ނުރަސްމީ ލަފައެއް ދީފައިނުވާ ކަމަށްވެސް މަޚުލޫފު ވިދާޅުވިއެވެ.
މަޚުލޫފު ފާހަގަކުރެއްވި ގޮތުގައި، ޔޫތު މިނިސްޓްރީއިން 576 ޕްރޮޖެކްޓު ހިންގި އިރު، އޭގެ ތެރެއިން ތަޙުޤީޤުކުރަންޖެހޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވަނީ އެންމެ 2 މައްސަލައެވެ. އެއީ ފުޓުބޯޅަ ސްކޫލުގެ މައްސަލައާއި މިނިސްޓްރީއަށް ގަނެފައިވާ ވެހިކަލްގެ މައްސަލައެވެ. ނަމަވެސް މި ދެ މައްސަލައަކީވެސް މިނިސްޓްރީއާ ގުޅުމެއް ނެތް މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ނެރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މަޚުލޫފު ވިދާޅުވީ، 7 އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިޞްލާޙުކުރަންވެސް ފުރުޞަތު ނުލިބޭނެ ކަމަށެވެ.
މި ރިޕޯޓަކީ ރައީސް ޔާމީން، ރައީސް ޞާލިޙު އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުވެސް ހިމެނޭހެން ނެރެފައިވާ ރިޕޯޓެއް ކަމަށާއި، ވަރަށް ބޮޑެތި އޮޅުންއަރާފަދަ މަޢުލޫމާތުތައްވެސް ރިޕޯޓުގައި ހުރިކަން ފާހަގަކުރެވޭ ކަމަށް މަޚުލޫފު ވިދާޅުވިއެވެ.
މަޚުލޫފު އިތުރަށް ވިދާޅުވީ، ވަރަށް ބާރަށް 576 ޕޮރެޖެކްޓް ހިންގި ނަމަވެސް ކޮރަޕްޝަންގެ މައްސަަލަ އޭރު އޮތްނަމަ ތަހުޤީޤު ކުރަންޖެހޭނެ ކަމަށެވެ.
މަހުލޫފް މިހެން ވިދާޅުވި ނަމަވެސް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓްރީން ހިންގި ކުޅިވަރު މަޝްރޫއުތަކުގައި ކޮރަޕްޝަނާއި އިސްރާފު ބޮޑު ކަމަށެވެ.
އެގޮތުން އޭރު ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނަރަލް ނެރުއްވި ރިޕޯޓްގައިދަނޑުތައް އެޅުމުގެ މަޝްރޫޢުތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ މިނިސްޓްރީން ކަންކަން ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓްގައިވާ ގޮތުން އެއް މަޝްރޫއުއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ވަކިވަކިކޮށް ވަކި މަޝްރޫއުތަކުގެ ގޮތުގައި ވަކި ކުންފުނިތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމުން ކުރިން ކުރި މަސައްކަތް ދެ ފަހަރަށް ކުރަން ޖެހި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް މަޝްރޫތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިނޫންވެސް މާލިއްޔަތު ޤާނޫނާއި ހިލާފަށް ކޮށްފައިވާ ގިނަކަންތައްތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު