ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސިންގަޕޫރުން ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބުދު ﷲ ޚަލީލް ވިދާޅުވެެއްޖެއެެވެ.
މިނިސްޓަރު ޚަލީލް މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސިންގަޕޫރުން ވަނީ ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އެގޮތުން ސިންގަޕޫރުގެ އެހީތެރިކަން ވަނީ ސަރުކާރު ހިންގުމުގެ ނިޒާމު އިޞްލާޙުކުރުމާއި، މުއައްސަސާތައް ހަރުދަނާކުރުމާއި، ފަންނީ އެއްބާރުލުން ދިނުމާއި އަދި ޤާބިލުކަން އިތުރުކުރުން ފަދަ ގިނަ ދާއިރާތަކަށް ފޯރުކޮށްދީފައި ކަމަށް ޚަލީލް ވިދާޅުވިއެވެެ.
"ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެން ހަނދާންކުރަނީ 5 ދަޅައެއްގެ މުއްދަތަށް ދެމިގެންދިޔަ ވަރުގަދަ ރަޙްމަތްތެރިކަމެވެ. އަޅުގަނޑުމެންގެ މި ދަތުރަކީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ކާމިޔާބު ވާހަކައެކެވެ." މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
މި މުނާސަބަތުގައި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ޑރ. ވިވިއަން ބަލަކްރިޝްނަންއަށާއި ސިންގަޕޫރުގެ އެކުވެރި ރައްޔިތުންނަށް މިނިސްޓަރ ޚަލީލް ހެޔޮ އެދުންތައް ރައްދުކުރެއްވިއެވެ. އަދި މި ހަނދާނީ ޙަފްލާ ބޭއްވިކަމަށްޓަކައި ހައި ކޮމިޝަނަރ ސޫ ކޮކް ލެންގއަށް ޝުކުރު އަދާކުރެއްވިއެވެ.
މި ޙަފްލާގައި ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 1965 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖެ މިނިވަންވި އަހަރެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދެ ޤައުމުގެ ގުޅުން ވަނީ އެތައް ގޮތަކުން ކުރިއަރައި ތަރައްޤީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު