ޓެގް އަޅުވައި ކުށްވެރިން މަގުމައްޗަށް ދޫކުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން ވިދާޅުވެއްޖެއެވެ.
"ވާނުވާ ބަންދު" ގައި ތިބި މީހުން ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް ސަރުކާރުން އިއްޔެ ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގްގެ ނިޒާމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގާއިމުކުރި ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމް ޤާއިމުކުރީ ބޮޑެތި ކުށްކުރާ މީހުންގެ ތެރޭގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިއްޕުޅާވާ ބޭފުޅުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބަން ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ތިޔަ ހައްދަނީ ވަރަށްބޮޑު ގޯހެއް. ހުރިހާ ރައްޔިތުން ތިޔަ ވައްޓަވާލައްވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް. ތިޔަ އުޅުއްވަނީ ކޮންބައެއް ދޫކޮށްލައްވަންކަން އަޅުގަނޑުމެންނަށް އެނގޭ،" އިމްރާންގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ފަށާފައިވާ ކަަމަށެވެ.
"މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ،"ރައީސް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނީ ވާނުވާ ޖަހައިފައިވާ މީހެއްގެ ބަންދަށް ލުއި ދިނުމުގެ ކުރިން އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށެވެ. އެގޮތުން، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާ އެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުންނެވެ. އެސެސްމެންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓަކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރަން ވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
ޕީޖީ އޮފީހުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ފުލުހުން ފޮނުވާ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވޭނެ ކަމަށް އެ އޮފީހަށް ފެންނަނަމަ ކަމަށެވެ. އެއަށް ފަހު ބަންދަށް ލުއި ދޭން ކޯޓަށް ހުށަހަޅާނެ ކަމަށާއި، ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކެއްގެ ގޮތުގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މުއްދަތު ހަމަވުމުން ޕީޖީ އޮފީހުން ޝަރުޠުތައް މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މުއްދަތުގައި އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު