ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ގެނައި ބަދަލާއެކު ހުރި ކަންބޮޑުވުންތަކަށް ބަލައި، އަލުން ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށްފަހު މާދަމާ، އެ ތަނުން ގޯތި ލިބޭ މީހުންގެ ގުރު ނަގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިރޭ އެކްސްގައި ވިދާޅުވީ، 15 މެއި 2025 ގައި ގެޒެޓު ކުރެވުނު ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް ހުށަހެޅުނު ހިޔާލުތަކަށް ރިއާޔަތްކޮށް، ގުޅިފަޅުން ގޯތިލިބޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަންއާ މަޝްވަރާ ކުރުމަށްފަހު އެތަނުގެ ލޭންޑްޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލުތަކެއް ގެނެސްފައިވާނޭކަމަށެވެ.

އަދި އެ ބަދަލުތައް މިހާރު ޝާއިޢު ކުރެވިފައިވާނޭ ކަމަށާއި މި ޕްލޭނާ އެއްގޮތަށް ގުރުއަތު ނެގުން މާދަމާ 14:30 ގައި އުސްފަސްގަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އިއުލާނެއް މިރޭ މިނިސްޓްރީން ނެރޭނެ ކަމަށެވެ.



ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކުރަން ނިންމީ، ކުރީ ސަރުކާރުގައި އެ ފަޅުން ނުހިއްކާ އޮތް އަދި ހިއްކަން ދަތި ތަނަކުން ބައެއް ގޯތިތައް ދޭން ނިންމާފައިވާތީ މިހާރު ހިއްކާފައިވާތަނުން އެ ގޯތިތައް ވެސް ދޫކޮށް ގޯތި ދިނުމުގެ ކަންކަން އަވަސް ކުރުމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ގުޅިފަޅުން ހިއްކަން ފެށި 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައެވެ. އަދި މި ސަރުކާރުންވަނީ އޭގެ އިތުރަށް ވެސް 85 ހެކްޓަރު އެ ފަޅުން ހިއްކަން ނިންމާފައިވާކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން