ރާއްޖޭގެ ހަތަރު އަތޮޅެއްގައި ޤާއިމުކުރެވިފައިވާ ޑަޔަލިސިސް ޚިދުމަތް ރަސްމީކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢުތައް ފައްޓަވައި ދެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑަޔަލިސިސް ޚިދުމަތްދޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން އިތުރު ހަތަރު ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް އަލަށް ތަޢާރަފުކުރެވުނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.
މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒާއި ށ. އަތޮޅު ހޮސްޕިޓަލުގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.
ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ މިހާރު ރާއްޖޭގެ ފަސް އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބެން ފަށާފައިވާ ކަމަށެވެ. މި ޚިދުމަތް އަދި ނުފެށި އޮތީ އއ، އދ، ވ، ފ، އަދި ދ އަތޮޅުގައެވެ. ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން މި އަތޮޅުތަކުގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށޭނެކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު