ރާއްޖޭގެ ތަމްރީނުވެފައިވާ ނަރުހުން، ވަޒީފާއަށް ނިކުމެ، އެ ދާއިރާއަކީ ދިވެހީންގެ ދާއިރާއަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ނަރުހުން ހޯދުމުގައި، ދިވެހި ނަރުހުން ލިބުމުގައި ދަތިތަކެއް ހުރުންކަމަށެވެ. މިގޮތުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް އެންމެ ފަހުން ގެނެވުނު ކުރިއެރުންތަކާއެކު އިތުރުކުރެވުނު ވަޒީފާތަކަށް ދިވެހި ނަރުހުން ލިބުމުގައި ކުރިމަތިވި ދަތިކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އެހެންނަމަވެސް ޚިދުމަތަކީ މެދުކެނޑުމެއް ނެތި ދެވެންޖެހޭ ޚިދުމަތަކަށް ވާ އިރު، ބިދޭސީ ނަރުހުން ހޯދުމަށް މަޖުބޫރުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ވަނީ، ދިވެހިރާއްޖޭގައި ތިއްބެވި، ތަމްރީނުވެފައިވާ ނަރުހުން، ވަޒީފާއަށް ނިކުމެ، މި ދާއިރާއަކީ ދިވެހީންގެ ދާއިރާއަކަށް ހެއްދެވުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ޤައުމުގެ ތަރައްޤީއަށް ކަމެއް ކޮށްދިނުމުގެ ހަގީގީ މަންފާ ޙާޞިލްވާނީ، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ފައިސާ އިސްރާފުވުން ހުއްޓުވައި، ބޭސްފަރުވާގެ ސަޕްލައި ކަށަވަރުކޮށްދެއްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް އެކަންކަމުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް، ޑަބްލިއު.އެޗް،އޯ ސެޓްފިކޭޝަން ފެންވަރަށް، ޕޯލިއޯ، މެލޭރިއާ، ލިމްފެޓިކް ފައިލޭރިއާ އަދި މާބަނޑު މީހުންނާއި ނިއޯނޭޓަލް ޓެޓަނަސް ނައްތާލުމާއި، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީއާއި ސިފިލިސް ފެތުރުން ކާމިޔާބުކަމާއެކު ހުއްޓުވުން ފަދަ، ޢާންމު ޞިއްޙަތުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ޙާޞިލުކޮށްފިކަމަށެވެ. އެހެން ނަމަވެސް މި ދަތުރު އަދި ނިމުނީ ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަރުގަދަ، އިތުބާރުހުރި، ޕްރައިމަރީ، ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތްކެއާއަށް އަދުގެ ސަރުކާރުން ވުނަކުރަމުން މިދަނީ، ކޮންމެ މީހަކަށްވެސް، ކޮންމެ ހިސާބެއްގައި ހުރެގެންވެސް، އެ މީހަކަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަޤުޞަދުގައިކަމަށެވެ. އަދި މިކަމުގައި ގޮންޖެހުންތައް ގިނަވި ނަމަވެސް އަބަދުވެސް އިސްކުރައްވާނީ ރައްޔިތުން ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، ޕްރިވެންޓިވް ހެލްތްކެއާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ޙައްލު ނުލިބޭ މިންވަރަށް، ފެންވަރު ރަނގަޅު، އަދި ހެޔޮ އަގުގައި ޞިއްޙީ ފަރުވާ އެންމެންނަށް ކަށަވަރުކޮށް ދެއްވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ ކޮންމެ ނިންމެވުމެއްވެސް ދައްކުވައިދެނީ އެއް ކަމެއް ކަމަށާ، އެއީ ފައިދާއަށްވުރެ ޕްރިވެންޓިވް ހެލްތްކެއާއަށް އިސްކަން ދޭންޖެހޭ ޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރޭ އެމަނިކުފާނަށް އެރުވުނު އެވޯޑަކީވެސް މި މޭރުމުން ދުންފަތް ކޮންޓްރޯލް ކުރުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ޙިކުމަތްތެރި ފިޔަވަޅުތަކުގެ އަގުވަޒަން ކުރުމުގެ އެވޯޑަކަށް ވާ އިރު، މިއީ ދުންފަތުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ ގޮންޖެހުންބޮޑު، ނަމަވެސް ކޮންމެހެން މަޖުބޫރު ފިޔަވަޅުތައް ބަލައިގަންނަ ކަމުގެ ރަމްޒެއް ކަމަށެވެ. އަދި މިފަދަ އިޞްލާޙީ ބަދަލުތަކަކީ ހުރަހެއް ކަމުގައި ދެކެމުގެ ބަދަލުގައި، އަޅުގަނޑުމެން އެންމެންނަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ދުށުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު