ޒުންނަވާރު
ޒުންނަވާރު
ވަކީލު ޒުންނަވާރު ސަލީމް އަދި އޭނާގެ އަންހެނުން މެހެނާޒް ހުސައިން ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްދިން މީހަކަށް މައްސަލައެއްގައި ބޮޑު ލަނޑެއް ދިން ކަމަށް ބުނާ ވާހަކަތައް ޒުންނަވާރު ދޮގުކޮށްފި އެވެ.

ބޯޓެއްގެ މިލްކުވެރިކަމުގެ މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިން ވަކާލާތުކޮށްދިނީ ލ.ދަނބިދޫ/ ގުލްފާމުގެ, އައިޝަތު ޒުނައިރާ އަށެވެ.

ނަމަވެސް ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑު އެހުމުގައި ޒުނައިރާ ބުނީ ޒުންނަވާރުގެ ދެމަފިރިން ގިނަ އަދަދެއްގެ ފައިސާ އޭނާގެ އަތުން ނެގުމަށް ފަހު އެ މައްސަލައިގައި ވަކާލާތުކޮށް ނުދީ ލަނޑުދީފައިވާ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ޒުންނަވާރު މަސައްކަތް ކުރާ މީނާޒް ލޯ ފާމްއިން ނެރުނު ބަޔާނުގައި ބުނީ ކުރިން ދަނބިދޫ ކޯޓުގައި 2018 ވަނަ އަހަރު ކުރިއަށް ދިޔަ މައްސަަލައިގައި ޒުނައިރާއަށް ވަކާލާތުކޮށްދިނީ 45,000 ރުފިޔާ ދޭން އެއްބަސްވެ ކަމަށާއި އެހެން ނަމަވެސް އޭގެންވެސް 11000 ރުފިޔާ ނުލިބުނު ކަމަށެވެ. އެވަރުން ވެސް ކޯޓުގައި ވަކާލާތުކޮށްދީ ކޭސް ކާމިޔާބުކުރި ކަމަށާއި އޭގެ ފަހުން 2019 ވަނަ އަހަރުވެސް އެކަމަ ގުޅޭ ގޮތުން ދަނބިދޫ ކޯޓުގައި ހިނގި މައްސަލައެއްގައި 25,000 ރުފިޔާގެ އަގަކަށް ވަކާލާތުކޮށްދީ އެ މައްސަލަ ވެސް ކާމިޔާބުކޮށްދިން އިރު އެއްބަސްވި އަދަދަށް ފައިސާ ނުދޭކަމަށް ޒުންނަވާރުގެ ލޯ ފަރމުން ބުންޏެވެ.

އެ މައްސަލަ ޒުނައިރާއަށް ކާމިޔާބުވި ނަމަވެސް ނާކިޔާބުވި އޭނާގެ އާއިލާ މީހާ އޮތީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެހެން ނަމަވެސް ދަނބިދޫ ކޯޓުގައި ކުރިން ހިނގި ދެ މައްސަލައިގެ ތެރެއިން ލިބެން ޖެހޭ ފައިސަ ނުލިބޭހާ ހިނދު ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގައި ވަކީލުން އައްޔަނު ނުކުރެވޭނެކަން ތަކުރާރުކޮށް ޒުނައިރާއަށް އެންގި ކަމަށް ވެސް ލޯ ފަރމުން ބުންޏެވެ.

އެހެންކަމުން ވަކީލުން ބަދުނާމުކޮށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމުގެ ބަދަލުގައި ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުގެ ހައްގު ޒުނައިރާއަށް ލިބިގެން ނުވާކަމަށް ވެސް ލޯ ފަރމުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން