މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރައްވަން ވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ލިބޭ ޙައްޖު ކޯޓާއިން ބޭރުން ކަމަށާއި، އެމަނިކުފާނުގެ މި ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ޙައްޖު ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގަސްގެފާނުގެ ޚާއްޞަ ދަޢުވަތެއްގެ ދަށުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ދަތުރުފުޅާ ގުޅޭ އެންމެހައި ކަންކަން ހަމަޖައްސަވައި ދެއްވާފައިވަނީ ސަޢޫދީ ރޯޔަލް ކޯޓުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޙައްޖުގެ އެއްވެސް ކަމަކީ ކޯޓާގެ ތެރެއިން ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ވެސް ހިނގާ ކަމެއް ނޫން. ހަމަ ސަޢޫދީ މެހެމާންދާރީގެ ތެރެއިން ސަޢޫދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި ހުރި ކަންތައްތައް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ދަތުރުފުޅަށް ވަކި ޚާއްޞަ ފްލައިޓެއް ވެސް އެރޭންޖް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ސަޢޫދީ ރަސްގެފާނަށް ޝުކުރު އަދާކުރަށްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން، އެމަނިކުފާނުގެ ޙައްޖު ދަތުރުފުޅާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަން ވަނީ ހާމަވެފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މި ދަތުރުފުޅު ކުރައްވާ ކަމަށް ބުނާ ބުނުންތަކަކީ ވެސް ދޮގު ވާހަކަތަކެއް ކަން ހާމަވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު