އަޟުހާ ޢީދު ޗުއްޓީ ތިން ދުވަހަށް އިތުރުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓް ޕްރޮގްރާމެއްގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު އެހެން ފަހަރުތަކާ އެއްގޮތަށް ޢީދު ޗުއްޓީ އިތުރުކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ކަމަށާއި އެހެން ނަމަވެސް ޢީދު ޗުއްޓީ ތިން ދުވަސް ބަންދުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ޢީދާ ގުޅިގެން އަދި ބައެއް ފަހަރު އެއް ދުވަސް ނުވަތަ ދެ ދުވަސް ބަންދުވާ ކަމަށާއި، ނަމަވެސް ތިން ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިިދާޅުވިއެވެ.
"ތިންދުވަސްވީމަ ބަންދެއްނުކުރަން އިނގޭތޯ. ދެން ވަރަށްގިނަ މީހުން އުންމީދުކުރާކަން އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް، ތިންދުވަސް ބަންދުކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ހަމަ ގަބޫލެއްނުކުރެވޭ އިނގޭތޯ. އޭރުން ހަފްތާގެ މެދުތެރެއިން އެދަނީ. ދެން ޢާންމުކޮށް، ދެ ދުވަސް، ނޫނީވިއްޔާ އެއްދުވަސް އަތުވެއްޖިއްޔާ ދޮގެއްތޯ ބަންދުކުރަނީ؟ ބައެއްފަހަރު ދެ ދުވަސް ބަންދުކޮށްފައި ހުންނާނެ. އެހެންނަމަވެސް، ތިންދުވަސްވީމަ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އެއީ ޒިންމާދާރު ގޮތެއް ނޫނޭ ބަންދުކޮށްލަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަސް (5 ޖޫން) ކަމުގައިވާ ޢަރަފާތު ދުވަހާއެކު، މިއަހަރުގެ ޢީދު ބަންދުގެ ގޮތުގައި ޖުމްލަ 5 ދުވަސް ލިބިގެންދާނެއެވެ. ޢީދު ބަންދު ނިމުމަށްފަހު، ޖޫން މަހުގެ 10 އަންގާރަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެެ.

ކިޔުންތެރިންގެ ހިޔާލު