ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނިތަކުން ޑޮމެސްޓިކް ކެޓަގަރީގެ ތަންތަނަށް ޔުނިޓަކަށް މިހާރު ޗާޖުކުރާ އަދަދުތައް ހެޔޮކުރަން ރައީސް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވަމުން ރައީސް އެކްސްގައި މިއަދު ވިދާޅުވީ، 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނޭކަމަށެވެ.
އަދި އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދަންނަވާފައިވާނޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އާންމުކުރެއްވި ކަރަންޓުގެ އައު ރޭޓުތައް؛
- ބޭންޑް 0 – 100 އަށް، މިހާރު 1.50 ރުފިޔާ، އާ ރޭޓް 1.25 ރުފިޔާ
- ބޭންޑް 101 – 200 އަށް، މިހާރު 1.70 ރުފިޔާ، އާ ރޭޓް 1.50 ރުފިޔާ
- ބޭންޑް 201 – 300 އަށް، މިހާރު 2.15 ރުފިޔާ، އާ ރޭޓް 1.50 ރުފިޔާ
- ބޭންޑް 301 – 400 އަށް، މިހާރު 2.50 ރުފިޔާ، އާ ރޭޓް 1.50 ރުފިޔާ
- ބޭންޑް 404 – 500 އަށް، މިހާރު 2.95 ރުފިޔާ، އާ ރޭޓް 2.66 ރުފިޔާ
- ބޭންޑް 501 – 600 އަށް، މިހާރު 3.55 ރުފިޔާ، އާ ރޭޓް 3.20 ރުފިޔާ
- ބޭންޑް 601 އިން މަތި، މިހާރު 4.25، އާ ރޭޓް 3.83 ރުފިޔާ
ކަރަންޓް ޓެރިފް ރޭޓަށް ބަދަލުތަކެއް ގެންނަވާ ކަރަންޓް ބިލްގެ އަގު ހެޔޮ ކުރައްވާފައި މިވަނީ މި ފަހަކަށް އައިސް ކަރަންޓް ބިލްތަކަށް އާންމު ރައްޔިތުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވަމުންދާތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުން ދަނިކޮށެވެ.

1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން. pic.twitter.com/2SsaM6CGOQ
— Dr Mohamed Muizzu (@MMuizzu) May 30, 2025
ކަރަންޓް ޓެރިފް ރޭޓަށް ބަދަލުތަކެއް ގެންނަވާ ކަރަންޓް ބިލްގެ އަގު ހެޔޮ ކުރައްވާފައި މިވަނީ މި ފަހަކަށް އައިސް ކަރަންޓް ބިލްތަކަށް އާންމު ރައްޔިތުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވަމުންދާތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުން ދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު