ފުލުހުންނާމެދު އުފެދުނު ކިލަނބު ތަސައްވުރުން އަދިވެސް އަރައިނުގަނެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ ފުލުހުންނާމެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. ޕީޖީ އައްބާސް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ފެށުނު ހަރަކާތްތަކާ ގުޅިގެން، ސަލާމަތީ ބާރުތަކަށް ކުރަމުން އައި އިޙްތިރާމަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށެވެ. ޚާއްޞަކޮށް ފުލުހުންނަށް އޮތް އިޙްތިރާމާއި ޤަދަރު ޤުރުބާންވެގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފުލުހުންނަށް ތަފާތު ނަންނަމުން މުޚާޠަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ވެގެންދިޔަ. އެކި ތުހުމަތުތައް އަޅުވައި ބަދުނާމުކުރަން ފެށި. މިއީ ކޮންމެ ސަބަބަކާ ހުރެ، ކޮންމެ ފަރާތަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އޭގެ އަސަރު އެތައް ޖީލަކަށް ކުރާނެ،" ޕީޖީ އައްބާސް ވިދާޅުވިއެވެ.
ޕީޖީ އައްބާސް އިތުރަށް ވިދާޅުވީ، ފުލުހުންގެ ޤާބިލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ނަމަވެސް، ފުލުހުންގެ މުއައްސަސާއާމެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަދިވެސް އަރައިގަނެވިފައި ނުވާ ކަމަށެވެ. މިކަމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއްކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށް ޑިޒާވްވާ ކަމެއް ނޫންކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ އައްބާސް އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް އޮތް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި މިކަމަކީ މިހާރުވެސް ދެމިގެންދާ ކަމެއްކަން ފާހަގަކުރައްވައި، މި ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނީ މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމުން ކަމަށް ޕީޖީ އައްބާސް ވިދާޅުވިއެެވެ.
ޖުމުލަ 200 ފުލުހަކު ބައިވެރިވި ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ރޭ ދަސްވެނިވި ވެފައިވަނީ 196 ފުލުހުންނެވެެ. ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް ރޭ ވަނީ ހަނދާނީފިލާ ދީފައެވެ. އެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓެބަލް ހުސެއިން ތާއިމް އެވެ. އޭނާއަށް ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑު ދީފައެވެ.
ހަތަރު މަސްދުވަހަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯސް ކުރިއަށް ގެންދިޔައީ އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީގައެެވެ.

ކިޔުންތެރިންގެ ހިޔާލު