ދުންފަތާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ޞިއްޙަތު ރަނގަޅު މުސްތަޤުބަލަކަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުގައި ދުށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ދުންފަތު އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 2024 ވަނަ އަހަރު ވޭޕިންގ މަނާކުރުމާއި، ފަހުން ފާސްކުރެވުނު ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދެވަނަ އިޞްލާޙު ތަޞްދީޤުކުރުމާ ހަމައަށް، ދިވެހިރާއްޖެއިން ޒުވާން ޖީލުތައް ދުންފަތުގެ ނުރައްކާތެރި އަސަރުތަކުން ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަކި ޖީލަކަށް ދުންފަތުގެ އިސްތިޢުމާލު މަނާކުރުން ވެސް ހިމެނޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"ސަރުކާރުން އަޅާފައިވާ މި އިޞްލާޙީ ފިޔަވަޅުތަކަކީ ހަނިކުރުންތަކެއްގެ ގޮތުގައި ނުދެކި، ޞިއްޙަތު ރަނގަޅު މުސްތަޤުބަލަކަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުގައި ދެކުމަށް ތިޔަ ކޮންމެ ބޭފުޅަކަށް އަޅުގަނޑު ގޮވާލަމެވެ،" ރައީސް މުޢިއްޒު ގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ ދުންފަތާއި ނިކޯޓިން އެކުލެވޭ ބާވަތްތަކުގެ ގެއްލުން ހާމަކޮށް، އޭގެ ޙަޤީޤަތް ހާމަކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން