ރާއްޖޭން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1446 ވަނަ އަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މައްކާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައި ކަމަށެވެ. ޝަކީލް ވިދާޅުވީ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ރާއްޖޭން ހައްޖަށްދާ މީހުންގެ އެންމެ ފަހު ގްރޫޕް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ބޯޓުގައި 250 ހާޖީން ވަނީ މައްކާ އަށް ގޮސްފައެވެ. މިއާއި އެކީ ރާއްޖޭން ހައްޖަށް ފޮނުވުމަށް ނިންމި 1000 ހާޖީން މިވަގުތު ތިބީ ސައުދީ އަރަބިއްޔާގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު