އެޕިސޯޑް 21
...............
[ސާބަސް....ސާބަސް....މަކަރުވެރިކަމުން ޑިގްރީއެއް ޙާޞިލްކޮށްފައިވާ އަންހެނެއް.....] ނަދުހާ އޮތް އެނދުގައި އިށީންނަމުން މުނާޒް ވާހަކަ ދެއްކިއެވެ. ނަދުހާ އެއްމިޔަކަނުން ހީލިއެވެ. މިފަހަރު މުނާޒް އައީ އެމީހުންގެ ދަރިފުޅުވެސް ގޮވައިގެންނެވެ. ފުރަތަމަ މުނާޒް ދަރިފުޅު ނަދުހާގެ ގާތުގައި ބާއްވާލިއެވެ.
[އަޅެ މުނާޒް.....މިދަރިފުޅުގެ ސިފަ ބަދަލުވާނެ ގޮތެއް ހަދާބަލަ. މުނާޒް ވިސްނަނީ ހަމައެކަނި މުނާޒްގެ ފައިދާއަށްތަ.....] ނަދުހާ ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލަމުން ބުންޏެވެ.
[ރީތި އިންސާނެއްގެ ސިފަ ޖެއްސިދާނެ. އެކަމަކު އަހަރެން ކުރިންވެސް ބުނީމެއްނު، އޭރަކުން މިމަންޖެ ބޮޑުވެގެން އަމިއްލައަށް ސިފަ ބަދަލުކުރުމުގެ ބާރެއް ނޯންނާނޭ......އޭރުން މާދެރައެއްނު.] މުނާޒް ނަދުހާ އޮތް އެނދުގައި އިށީންނަމުން ބުންޏެވެ.
[ދެރައެއްނުވާނެ، އޭރުން މިކުއްޖާއަށް މާރަނގަޅުވާނެ. ދާއިމީ ގޮތަކަށް މަންމަގެ ލޯބި އޭރުން ލިބޭނެއްނު.] ނަދުހާ ބުންޏެވެ.
[ވަރިހަމަތަ އިންސާނުންގެ ލޯތަކަށް ފެނުނަސް. ނަދުހާއަށް މަޖުބޫރުވާނެ މިގޭގަ ނޫނީ ނަދުހާ އުޅޭ ތަނެއްގައި މިމަންޖެ ގެންގުޅެން. އެގޮތަށް ގަބޫލުތަ؟] މުނާޒް ދަރިފުޅާ ލޯބިކޮށްލިއެވެ.
[އާނ، އަހަރެން މިގޭގަ ލޯބިދީގެން ގެންގުޅެފާނަން. އަހަރެން ނަވާލް ގާތު ބުނާނަން، އަހަރެންގެ ރައްޓެއްސެއްގެ ދަރިއެކޭ. ޔަޤީން ނަވާލް އޯކޭވާނެކަން....] ކޮންމެ ގޮތެއް ހަދައިގެންވެސް މިހާރު ނަދުހާ ބޭނުންވަނީ، އޭނާ ގާތުގައި ދަރިފުޅު ގެންގުޅޭށެވެ. އެކުއްޖާއަށް މަންމަގެ ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ދެވޭނީ އޭރުން ކަމަށްވާތީއެވެ.
[ސިފަ ބަދަލުވާއިރު ބޮޑަށް ފާޑުވާނީ ނަދުހާއާ.....ވަރިހަމަދޯ؟] މުނާޒް ދަރިފުޅު އަތްދަނޑިމައްޗަށް ނަގާ މައްޗަށް އުފުލާލިއެވެ. ނަދުހާ ބޯޖަހާލިއެވެ. މުނާޒް އޭނާގެ ލޮލުންނާއި އަނގައިން ވަރުގަދަ އައްޔެއް ދަރިފުޅުގެ ހަށިގަނޑަށް ފޮނުވާލިއެވެ. އޭގެފަހުން ކުޑަހިނދުކޮޅެއްގެ ތެރޭގައި، ނަދުހާ ބަލަން ހުއްޓާ އެކުއްޖާގެ ސިފަ ބަދަލުވެއްޖެއެވެ. މިހާރު މުނާޒްގެ އަތުގައި އެއޮތީ ލޯބިލޯބި އަންހެން ކުއްޖެކެވެ. ހީވަނީ ކުޑަކުޑަ ނަދުހާއެއް ހެންނެވެ. ނަދުހާގެ ތުއްތުއިރާ އެއްވެސް ތަފާތެއް ނެތެވެ.
[އަޅެ ވަރަށް ލޯބި. ހީވަނީ އަހަރެންހެން، ވަރަށް ވައްތަރު. މިމަންޖެއަށް ކޮން ނަމެއްތަ ކިޔާނީ.] ނަދުހާ ދަރިފުޅާ ލޯބިކޮށްލިއެވެ.
[ނަދުހާއަށް ފެންނަ ނަމެއް ޚިޔާރުކުރޭ.] މުނާޒް ބުންޏެވެ.
[އަހަރެން ކިޔާހިތްވަނީ ރަނާ.] ނަދުހާ ދަރިފުޅު އުރާލިއެވެ.
[ތިނަންވެސް ވަރަށް ފުރިހަމަ. ތިމަންޖެ ވަރަށް ބަނޑުހައިވެގެންކަންނޭނގެ އެއުޅެނީ. ބުއް ޖައްސަބަލަ.] މުނާޒް އެނދުގައި އިށީނދެލިއެވެ. ނަދުހާ ދަރިފުޅަށް ބުއްދޭން ފެށިއެވެ.
[މުނާޒް، އަހަންނަށް ޚިޔާލެއްދީބަލަ. މިދަރިފުޅާ ބެހޭގޮތުން އަހަރެން ނަވާލް ގާތު ބުނާނީ ކީކޭތަ؟] ނަދުހާ އެއްސެވެ. މުނާޒް ވިސްނާލިއެވެ.
[ބުނޭ ތިމަންނަގެ ދަރިފުޅޭ.] މުނާޒް މިހެން ބުނެފައި ހީގަތެވެ.
[ސަމާސާކުރާކަހަލަ ވަގުތެއް ނޫނޭމީ.] ނަދުހާ މުނާޒްގެ ފައިގެ ފަލަމަސްގަނޑުގައި ވިކައިގަތެވެ.
[ނަދުހާ ކުރިންވެސް ރޭވިގޮތަށް، ރައްޓެއްސެއްގެ ކުއްޖެކޭ ބުނޭ. އެކަމަކު ބުނަން، ނަދުހާ ޖެހޭނެ ރަނާއަށް މަންމައެއްގެ ފުރިހަމަ ލޯބިދޭން. އަހަރެން ރަނާއާ ނަދޫ ޙަވާލުކޮށްފަ މިދަނީ ވަރަށް އިތުބާރުކޮށްފަ.] މުނާޒް ބުންޏެވެ.
[މުނާޒް ނުބުންޏަސް އަހަރެންގެ ދަރިއަކަށް އަހަރެން ލޯބިދޭނަމެއްނު.] ނަދުހާ ރަނާ ކޮނޑުމަތީގައި ބާއްވާލައިގެން ތެދުވެއްޖެއެވެ. އެވަގުތު ބޮޑު ކޮޓަރިން ފޯނު ރަނގަބީލުވާ އަޑު އިވުނެވެ. ނަދުހާ ކޮޓަރިން ނުކުމެގެންގޮސް ފޯނު ނަގައިފިއެވެ.
[ނަދުހާ، ޒިލާ ވިހައިފި. ފިރިހެން ކުއްޖެއް.] ފޯނުކުރީ ނަވާލެވެ. އޭނާގެ އަލަތު ދަރިފުޅު އުފަންވި ޚަބަރު ނަދުހާއަށްދޭށެވެ.
[އަޞްލުވެސްތަ؟ އަހަރެންވެސް ވަރަށް އުފާވެއްޖެ. ޒިލާއާއި ދަރިފުޅުގެ ޙާލުވެސް ރަނގަޅުދޯ؟] ނަދުހާ ފުރަތަމަ މަރްޙަބާކިޔެވެ. ޒިލާއާއި ދަރިފުޅުގެ ޙާލު އޮޅުންފިލުވީ އެއަށްފަހުގައެވެ.
[ވަރަށް ރަނގަޅު. އެކަމަކު އެސޮރު ވަރަށް ރޮއޭ.] ނަވާލް ބުންޏެވެ. ނަވާލް ވާހަކަ ދެއްކި ގޮތުން އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ނިކަން ރަނގަޅަށް ނަދުހާއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް ނަދުހާ އެކަމާ ދެރައެއްނުވެއެވެ.
[މިގޭގަވެސް އެބައޮތް ތުއްތު ތުއްތު ބޭބީއެއް.] ނަދުހާ ހީލަމުން ބުންޏެވެ.
[ކާކުގެ ކުއްޖެއް؟] ނަވާލް އެހިއެވެ.
[ރައްޓެއްސެއްގެ. ނަވާލް ގެއަށް އައީމަ، މިކުއްޖާއާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާނީ. އިހަށް ނަވާލް، ދަރިފުޅު ގާތު މަޑުކޮށްލާ......މިއީ ނަވާލް އިތުރު ކަންތައްތަކާ ވިސްނަންވީ ވަގުތެއް ނޫން....އަދިވެސް އެއްފަހަރު މަރްޙަބާ.] ނަދުހާ ފޯނު ބާއްވާލިއެވެ. ނަވާލް ގޮސްވަނީ ޒިލާއާއި ދަރިފުޅު އޮތް 26 ނަންބަރު ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރޭގައި ނަވާލްގެ މަންމަ މަރީނާއާއި ޒިލާގެ މަންމައާއި ބައެއް ރައްޓެހިންވެސް ތިއްބެވެ. ނަވާލްވަނުމާއެކުހެން ދެމަންމައިން އެބަ އަންނަމޭ ބުނެފައި ނުކުމެއްޖެއެވެ.
[ބައްޕައާ ދުރުގަ އުޅެން ޖެހުމުން ދަރިފުޅަށް ކުރާނެ އަސަރު ޒިލާއަކަށް ނުވިސްނޭނެ....ޒިލާ ޤަބޫލުކުރަން ޖެހޭނެ ދެމީހުން ވަކިވާން ޖެހުނީ ސީދާ ޒިލާގެ ސަބަބުންކަން.] ނަވާލް ދަރިފުޅުގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ރަނގަޅުކޮށްލިއެވެ. ޒިލާ ލޯމަރާލިއެވެ. ޙަޤީޤަތުގައި އަމިއްލަ ކުށް އިޙްސާސް ކުރެވުމުން ޒިލާ ވަރަށް ދެރަވިއެވެ.
[ސޮރީ.....އަހަރެން ބޭނުން އަލުން ނަވާލްގެ ދިރިއުޅުމަށް އަންނަން. މިދަރިފުޅަށްވެސް އެންމެ ރަނގަޅުވާނީ އަހަރުމެން އެކުގައި އުޅުނިއްޔާ....] ޒިލާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ.
[މިހާރު އަހަރެންވެސް ބޭނުންވަނީ ދަރިފުޅަށް ރަނގަޅު ގޮތް ހޯދަން....އެކަމަކު....ނަދުހާ ކަހަލަ ރަނގަޅު އަންބަކަށް ދެރަގޮތެއް ހަދާކަށް އަހަންނަށް ލާހިކެއް ނޫން. ނަދުހާ ޤަބޫލިއްޔާ ދެއަންބަށް ޒިލާ އަހަރެންގެ ޙަޔާތަށް ގެނެވިދާނެ.] ޒިލާ ލޯމަރާލުމަށްފަހު، އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އޭނާގެ ނިކަމެތިކަން އިޙްސާސްވުމުން ދެރަވިއެވެ. ހިތަށް އަސަރުކުރިއެވެ. އަފްޒަލާއި ޝިޒްނާ އައިސް ވަނީ އެވަގުތެވެ. ޝިޒްނާ އައިގޮތަށް އައިސް ދަރިފުޅާ ލޯބިކޮށްލިއެވެ.
[ކޮންކަހަލަ މީހެއް ނަވާލްތީ. ހޮސްޕިޓަލަށް ގެނައިއިރުވެސް ގުޅާލީކީ ނޫން. އަހަރެން ވަރަށް ދެރަވެއްޖެ، މިދަރިފުޅު އުފަންވި ވަގުތު އަހަންނަށް މިތާނގަ ނުހުރެވުނީމަ.....] އަފްޒަލް އިށީނެވެ.
[ޒިލާމެން އަހަރުމެންނަށްވެސް ގުޅީ ހޮސްޕިޓަލްގައި ތިބެ. އަހަރެމެންނަށް އާދެވުނުތާ މާގިނައިރުތަކެއްނުވެ ވިހެއީދޯ ޒިލާ.] ނަވާލް ބުންޏެވެ. ޒިލާ ބޯޖަހާލިއެވެ.
[ދެމީހުންހެން ރާވައިގެން ދޮގުހަދާ.....ހިނގާބަލަ ޝިޒޫ މިތާނގައި ބައިންދާފައި ކޮފީއެއް ބޯލަން....] ދަރިފުޅުގެ ކޮލުގައި ކޮއްޓާލަމުން އަފްޒަލާއި ނަވާލް ކޮޓަރިން ނުކުމެއްޖެއެވެ.
ދުވަސްތަކަކަށްފަހު ނަދުހާއާއި ދަލޭކަ ދިމާވީ އެދުވަހުއެވެ. ދަލޭކަ ފެނުނީމާ ނަދުހާ ހައްޓަކު ހެއެއްނެތެވެ. އޭނަ ދަލޭކަގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށްވަދެ އެތެރޭން ތަޅުލައިފިއެވެ. އޭރު ރަނާ އެނދުގައި ނިދާފައި އޮތެވެ.
[ދަލޭކަ ދައްތާ، އަހަންނަށް ފިލައިގެން ކޮންތާކު ތިއުޅެނީ. މިއަދު ދެވޭނީ ހުރިހާ ޙަޤީޤަތެއް އަހަންނަށް ކިޔައިދީފައި....އަޅެ ބުނެބަލަ، އަހަރެންގެ މަންމައާއި ބައްޕައަކީ ކޮންބައެއްތަ؟] ނަދުހާ ހުރީ ދަލޭކަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ދަލޭކަ ވިސްނާލިއެވެ. ޙަޤީޤަތް ހާމަކުރުމުން ކަންތައްތައް ވެގެންދާނެގޮތާ ދޭތެރޭގައެވެ.
[ދަލޭކަދައްތާ ދެންވެސް ނުހުރެ ބުނެބަލަ.] ނަދުހާ ދަލޭކަގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
[މިސިއްރު، އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ.]
[އާނ...އެއްވެސް މީހަކަށް ނާންގާނަން، އަވަހަށް ބުނޭ.] ނަދުހާގެ ހިތް އަވަސްވަމުން ދިޔައެވެ.
[ނަދުހާގެ މަންމައަކީ އަހަރެން...ނަދުހާ ތީ އިންސާނެއްގެ ސިފައިގައި ހުއްޓަސް....ސަންޑޭއެއް....] ނަދުހާ ދެލޯ ބޮޑުވިއެވެ.
[ސަންޑޭއެކޭ....ކޯއްޗެއް އެއީ؟ ޤަބޫލެއް ނުކުރާނަން.....] ދަލޭކަގެ އެވާހަކަ ޤަބޫލުކުރާކަށް ނަދުހާ ބޭނުމެއްނުވިއެވެ.
[ސަންޑޭއަކީ ހަންޑިއަށް ކިޔާ ނަމެއް. ޤަބޫލުކުރޭ ދަރިފުޅާ، ދަރިފުޅުތީ މިމަންމަގެ ދަރިއެއް. ދަރިފުޅުގެ ބައްޕައަކީވެސް ޖިންނިއެއް.] ދަލޭކަގެ ރާގުވެސް ބަދަލުވެއްޖެއެވެ. ބަސް ހުއްޓިފައި ނަދުހާ ހުރީއެވެ. އަދިވެސް ދަލޭކަގެ އެވާހަކަތައް ޤަބޫލު ނުކުރެވޭތީއެވެ.
[ތީ އަހަރެންގެ މަންމައޭ! ޤަބޫލެއް ނުކުރެވޭނެ. އަހަންނަކީ ހަންޑިއެއްނަމަ، އަހަންނަށްވެސް މުނާޒެކޭ އެއްފަދައިން، ބޭނުން ސިފައަކަށް ބަދަލުވުމުގެ ބާރު ލިބިފައިވާނެއެއްނު.] ނަދުހާ ބޭނުންވަނީ އޭނާއަކީ ހަންޑިއެއް ނޫންކަން ސާބިތުކޮށްދޭށެވެ.
[ތިވީގޮތުން މަންމައަށް މިޖެހުނީ އިތުރަށް މާޒީގެ ތެރެއަށް ވަންނަންތާ.] ދަލޭކަ އިތުރަށް މާޒީގެ ތެރެއަށް ވަދެ، ނަދުހާއަކީ ހަންޑިއެއްކަން ސާބިތުވާނޭ ހެއްކާއެކު އޮޅުންފިލުވައިދިނެވެ. އޭނާ ނަދުހާގެ ޢުމުރުން އެންމެ ދޮޅުމަހުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ނިކަމެތި އަންހެނަކާ ނަދުހާ ޙަވާލުކުރަން ޖެހުނުގޮތެވެ.
[ކީއްވެ، އެ އަންހެންމީހާއާ އަހަރެން ޙަވާލުކުރީ؟] ދަލޭކަގެ ވާހަކަތައް އަޑުއަހަން ހުރެފައި ނަދުހާ އެއްސެވެ. އަނެއްކާވެސް ދަލޭކަ ކިޔައިދޭންފެށިއެވެ.
އެއީ އެއްރެއެއްގެ ދަންވަރެވެ. ފަން ޖިފުޓިގަނޑެއްގައި އެކަނިމާއެކަނި ދިރިއުޅޭ އެއަންހެން މީހާގެ ޢާއިލާއަކީ، އަވައްޓެއްސެއް ކަމަށްވާ ދަލޭކައާ ވަރަށް ކުރިއްސުރެވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޢާއިލާއެކެވެ. ދަލޭކަ ނިކަން ތުއްތުއިރުއްސުރެ ގެންގުޅުނީ އެއަންހެންމީހާ، އާދެ! ޙަސީނާގެ ކާފައާއި މާމައެވެ. އެހެންކަމުން، އެޢާއިލާއާ ކިރިޔާވެސް ގުޅުމެއްވާ ބައެއް ވެއްޖެއްޔާ، ދަލޭކަ އެބަޔަކުދެކެ ނިކަން ލޯބިވެއެވެ. ދަލޭކަގެ ހިތުގައިވަނީ އެޢާއިލާއަށްޓަކައި ވަރަށް ޚާއްޞަ އިޙްތިރާމަކާއި ޤަދަރެއް ދެވިފައެވެ. ނަދުހާ ޙަސީނާއާ ޙަވާލުކުރުން އެއީ އޭގެ ހެއްކެކެވެ. ކައިވެންޏަކާނުލާ ޙަސީނާ ވިހޭ ދަރިފުޅު މަރުވީ ދަލޭކަގެ އަތުން ވެއްޓިއެވެ. އެއީ އެއްރެއެއްގެ ދަންވަރެއްގައި ހިނގި ހިތާމަވެރި ޙާދިޘާއެކެވެ.
ޙަސީނާ އޮތީ ގަދައަށް ނިދާފައެވެ. ކުޑަދަރިފުޅު ބަނޑުހައިވެގެން ރޯއަޑަށްވެސް އޭނާއަކަށް ހެއެއްނުލެވެއެވެ. އެންމެފަހުން އެއަޑު އިވެނީ ދަލޭކައަށެވެ.
އޭރު ދަލޭކަ އުޅެނީ ނަދުހާ ވިހައިގެންނެވެ. ނަމަވެސް، އެޢާއިލާދެކެވާ ލޯތްބެއްގެ ސަބަބުން، އެދަރިފުޅުގެ އަޑަށް ނަދުހާ އެކަނިމާއެކަނި އެގޭ ގޯތިތެރޭ ކެޔޮފީނިތެރޭ ބާއްވާލުމަށްފަހު، އޭނާ މަސައްކަތްކުރީ ޙަސީނާގެ ދަރިފުޅު ލޮއްސޭތޯ (މަސަލަސް) އެވެ. ޙަސީނާގެ ދަރިފުޅުގެ މަރުއައީ، އޭގެ ކުޑަހިނދުކޮޅެއްގެ ފަހުންނެވެ. ދަލޭކަ، އެދަރިފުޅު ލޮއްސޭތޯ އޭނާގެ ގާތުން ކިރުދިނީއެވެ. އެދަރިފުޅު މަރުވީ ދެމިނެޓެއްހާއިރު ވަންދެން ދަލޭކަގެ ގާތުން ކިރުބުއިމަށްފަހު، މަރަށްތެޅޭ ރޯމަހެއްހެން ތެޅިތެޅި އޮތުމަށްފަހުގައެވެ. އެވަގުތު ދަލޭކަގެ ސިކުނޑި ސުމަކަށްދިޔައެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނުމަށްފަހު، އޭނާ ނިންމީ އެދަރިފުޅުގެ ސިފަ ޖެއްސުމަށްފަހު، އޭނާގެ ދަރިފުޅު ނަދުހާ، ޙަސީނާގެ ގާތުގައި ބޭއްވުމަށެވެ. އެއީ ޙަސީނާ ދެރަވެ ހިތާމަކުރާނެވަރު އޭނާއަށް ތަޞައްވަރު ކުރެވޭތީއެވެ.
[މަންމަ ތިދަރިފުޅު ޙަސީނާއާ ޙަވާލުކުރީ ދަރިފުޅުދެކެ ލޯބިނުވާތީކީ ނޫން...މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ.....] ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު، ދަލޭކައަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
[މަންމާ....މަންމާ....އަހަރެން ޤަބޫލުކޮށްފިން...އެހެންވެދޯ....މަންމަ އަބަދުވެސް އަހަރެން މުނާޒާ ގުޅުމަށް ބާރުއެޅީ.] ނަދުހާ ރޮއިގަންނަމުން މަންމަގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު ދަލޭކައަށްވެސް ރޮވެނީއެވެ.
[އާނ ދަރިފުޅާ، މަންމަ މުނާޒާ ގުޅުމަށް ދަރިފުޅަށް ވިސްނައިދިނީ، އެއީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ....އެނގޭތަ ދަރިފުޅަށް، ދަރިފުޅު ނަވާލާ އިނދެގެން ކިތަންމެ ދުވަހަކު އުޅުނަސް، ނަވާލްގެ ދަރިޔަކު، ދަރިފުޅުގެ ބަނޑަކުން އުފަނެއްނުވާނެ.] ދަލޭކަ އަހަރުތަކަކަށްފަހު މައިވަންތަ ކުލުނާއެކު، ދަރިފުޅުގެ ހަށިގަނޑުގައި ފިރުމަން ފަށައިފިއެވެ.
[މަންމާ....ދެން ކިހިނެއްތަ އަހަރެން ހަދަންވީ؟ ނަވާލްގެ ކައިރިން ވަރިވާންވީތަ؟ ރޮއިރޮއިފައި ނަދުހާ ވާހަކަ ދެއްކިއެވެ.
[ވަރިވުމުގެ ބޭނުމެއް ނެތް މިހާރަކު....ރަނާވެސް އެއޮތީ ދަރިފުޅުގެ އެދުމުގެ މަތިން އިންސާނީ ސޫރަޔަށް ބަދަލުވެފައި. ދެން އެމަންޖެއަކަށްވެސް އެހެން ސިފައަކަށް ބަދަލެއްނުވެވޭނެ.....އެހެން ނޫނަސް ދަރިފުޅަކަށްވެސް މުނާޒާ ގުޅިގެންވެސް ނޫޅެވޭނެ.] ދަލޭކަ ބުންޏެވެ.
[މަންމާ....ތިހެންވީއިރު އަހަންނަށް އެއްވެސް ހަމަޖެހުމެއް ނެތެއްނު.....] ނަދުހާ ބޯހޫރާލިއެވެ.
[މަންމަ ކުރިން ވިސްނިގޮތް މިހާރު ބަދަލުކޮށްފިން....މަންމައަށްވެސް ޤަބޫލުކުރެވޭ، ދަރިފުޅަށް މިހާރު ދަރިފުޅުގެ ނަސްލު މީހަކާ (ޖިންނިއަކާ) އެކު ނޫޅެވޭނެ ކަމަށް. ދަރިފުޅަށް އެންމެ ރަނގަޅުވާނީ ދެން ނަވާލާއެކު އުޅުނިއްޔާ.] ދަލޭކަގެ ކުރީގެ ޚިޔާލާއި ވިސްނުން މިހާރުވަނީ ބަދަލުވެފައެވެ.
[އޭނައާ އިނދެގެންހުރެ ދަރިޔަކު ނުލިބެންޏާ، އޭނަވެސް ފޫހިވާނެއެއްނު.....] މާޔޫސީ ރާގެއްގައި ނަދުހާއަށް ބުނެވުނެވެ.
[ކުއްޖަކު ނުލިބުނަސް އޭނަ ފޫއްސެއްނުވާނެ. ޒިލާ އެވިހެއީނު. ދެން ދަރިފުޅު ރަނާ ގެންގުޅޭ....ހިއެއްނުވޭ އޭނާ ޝައްކު ކުރާނެހެނެއް....] ދަލޭކަ ނަދުހާއަށް ހިތްވަރުދީ އުއްމީދު އާކޮށްދިނެވެ.
[ރަނާއާ ބެހޭގޮތުން އޭނާކުރާ ސުވާލުތަކަށް އަހަރެން ދޭނީ ކޮން ޖަވާބެއް؟] މިހާރު ނަދުހާ ބޭނުންވަނީ، މަންމަގެ ޚިޔާލެވެ. މަންމަގެ ވިސްނުމެވެ.
[ބުނޭ، މަންމަގެ ރައްޓެއްސެއްގެ ދަރިއެކޭ. ތިމަންނަގެ ދަރިއަކު ނެތިގެން ފަޅުވެގެން އުޅޭތީ، އެމީހުން ދިނިއްޔޭ.....] ދަލޭކަ ލަފާދިނެވެ. ނަދުހާއަށް އެގޮތް ކަމުދިޔަ ކަމުގައިވިޔަސް، އޭނައަށް ގޮތެއް ނިންމަން އުނދަގޫވީ މުނާޒާ ދޭތެރޭގައެވެ. މުނާޒަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އެހެންމެ ދަރިފުޅުގެ ބައްޕަވެސްމެއެވެ.
[މުނާޒޯ؟.....] ނަދުހާ އަނެއްކާވެސް އެއްސެވެ.
[ދާއިމަށް މުނާޒާ ވަކިވާނީ. ދަރިފުޅަށް ދާއިމީ އުފަލާއި ހިތްހަމަޖެހުމުގައި ދިރިއުޅުން ކަޑައްތު ކުރެވޭނީ އޭރުން.] ދަލޭކަ ބުންޏެވެ.
[މަންމަ ތިބުނާހާ ފަސޭހައިން ތިކަންވާނެތަ؟ އޭނައަކީ މިހާރުވެސް އަހަރެން ފެންނަ ކޮންމެފަހަރަކު ނަވާލްގެ ޙަޔާތުން ދުރަށް ދިޔުމަށް ނަޞޭޙަތްތެރިވާ މީހެއް...އެކަމަކުވެސް އަހަރެން ވަރަށް މަސައްކަތް ކުރާނަން....] ނަދުހާ ފުން ނޭވާއެއްލުމަށްފަހު، ނިދާފައި އޮތް ދަރިފުޅާ ލޯބިކޮށްލިއެވެ.
[މަންމަ މިވަގުތު ދަނީ....ދަރިފުޅު މިސިއްރު، އެއްވެސް މީހަކަށް ކިޔާނުދޭތި.....] ދަލޭކަ ކޮޓަރިން ނުކުތެވެ. މުނާޒް އެތަނަށް ފާޅުވީ ދަލޭކަ ނުކުތުމާ އެކުގައެވެ.
[ނަދުހާ ތިނިންމީ އަހަންނާ ވަކިވާން! ސާބަސް. އަހަރެން ނަދުހާދެކެވީ ތެދުވެރި ލޯބީގެ އަގު ތިއަދާކޮށްދިނީ ވަރަށް ފުރިހަމައަށް.....ނަދުހާއަށް ހީވޭތަ، ތިހެން ތިކަންތައް ކުރަން އަހަރެން ފުރްޞަތުދޭނެހެން. ނުވާނެ ތިކަމެއް.] މުނާޒް ނުބއި ޒާތަކަށް ހީގަތެވެ. ނަދުހާ އިސްޖަހާލިއެވެ.
[އާނ، އަހަރެން ބޭނުންވަނީ އަބަދުގެ އަބަދަށް މުނާޒާ ވަކިވާން. އަހަންނަށް މުނާޒާއެކު އުޅެގެން ދާއިމީ ހިތްހަމަޖެހުމެއް ނެތް.] ނަދުހާ އެއިންގޮތަށް އިނދެ ބުންޏެވެ.
[މިހާރު ނަދުހާއަށް ތިއޮތީ އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހަން ފުރްޞަތު ލިބިފައި. ރަނާވެސް ތިއޮތީ ނަދުހާގެ ބާރުގެ ދަށަށް ގެނެސްފައި. އެކަމަކު އަހަރެން ނަދުހާގެ ދިރިއުޅުމާ ދުރަކަށް ނުދާނަން.] މުނާޒް ހުރީ ރުޅިއައިސްފައެވެ.
[ލޯތްބޭ! ލޯބިވަނީ ތިގޮތަކަށް ނޫން. ތިއަށް އަހަރެން ލޯތްބެކޭ ނުކިޔާނަން. ތިއަށް އަހަރެން ކިޔާނީ ހަލާކު. އެހެން ނޫންނަމަ، މުނާޒް އަހަރެންގެ އުފަލަށް އެދޭނެ. އަހަރެން ހަމަޖެހިގެން އުޅުނަދޭނެ.] ނަދުހާ އިސްއުފުލައި މުނާޒްގެ މޫނަށް ބަލައިލިއެވެ.
[ތިބުނީ....ނަދުހާގެ އުފަލަށްޓަކައި އަހަރެންގެ އުފާތައް ޤުރްބާންކޮށްލާށޭތަ؟ ތިޔައީ އަހަރުމެންގެ ނަސްލު މީހުން (ޖިންނިން)ގެ އާދައެއް ނޫން....ނަދުހާގެ ތިހުރީ އިންސާނީ ޠަބީޢަތު އަށަގެންފައި.]
[އިންސާނުންނޭ ކިޔާފައި ވާހަކަ ދައްކާއިރު ނުވިސްނޭތަ ތިމާމެންގެ އަނިޔާވެރިކަމާ ދޭތެރޭ....އިންސާނުން ކިހާ ތެދުވެރި. ހަމަގައިމުވެސް އިންސާނުން ލޯތްބެއް ނުފޭރޭނެ. އެމީހުން ލޯބި ހޯދާނީ އަނެކާގެ އިޚްތިޔާރުގައި....ނަދުހާ ވާހަކަ ދެއްކީ އިންސާނުންގެ ދިފާޢުގައެވެ.
[ތިބުނީ އަހަރެން ނަދުހާގެ ލޯބި ފޭރިގަތީއޭތަ؟] މުނާޒްގެ އަޑާއި ރާގުވެސް މޮޅިވެއްޖެ ކަހަލައެވެ. ހީވެއެވެ. ނަދުހާ އެހެން ބުނީމާ އޭނާއަށް އަސަރު ކުރީއެވެ. ނަމަވެސް، މުނާޒްގެ އެސުވާލަކަށް ނަދުހާ ޖަވާބެއް ނުދެއެވެ. އޭނާ ހިމޭނުން ހުރީއެވެ.
[ހިމޭންކަމަކީ އަހަރެންކުރި ސުވާލުގެ ޖަވާބެއް ނޫން. ފަސްނުޖެހި ބުނެބަލަ، ލޯބި ފޭރިގަތުން ނަދުހާ މާނަކުރަނީ ކިހިނެއްތަ؟] މުނާޒް ނަދުހާއާ ދާދިގާތުގައި އިށީނެވެ.
[މުނާޒް ކުރާ ހުރިހާ ސުވާލުތަކަށް އަހަންނަކަށް ޖަވާބެއް ނުދެވޭނެ. އަހަރެންގެ ވާހަކައަކީ މުނާޒް އަހަރެންދެކެ ލޯބިވަންޏާ، އަހަންނަށް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭނެ ފުރްޞަތުދޭށޭ.....] މުނާޒާ ދެކޮޅަށް ބަޙުޘްކޮށްގެން ކުރި ނުލިބޭނެކަން ޔަޤީންވުމުން، ނަދުހާ ބޭނުންވީ މުނާޒްގެ ރުހުމުގައި ކާމިޔާބު ހޯދާށެވެ.
[ވަރަށް ލޯބިވޭ. އިންސާނެއްގެ ހިތުގައިވެސް އަހަރެންގެ ހިތުގައި މިވާވަރުގެ ލޯތްބެއް ނޯންނާނެ. އަހަންނަށް ވަރަށް އުނދަގޫވާނެ ނަދޫއާ ވަކިން އުޅެން...މަސައްކަތް ކުރާނަން....] މުނާޒްގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވިއެވެ. މުނާޒްގެ މޫނުމައްޗަށް އެފަދަ ހިތްދަތި އަސަރުތަކެއް ވެރިވެފައިވާތަން ފެނުމުން ނަދުހާވެސް ދެރަވިއެވެ. ޙަޤީޤަތުގައި އޭނާ މުނާޒާ ވަކިވާން އުޅުނު ކަމުގައިވިޔަސް، އޭނާގެ ހިތުގައި ޙަޤީޤީ ލޯބި އަށަގެންފައިވަނީ މުނާޒްގެ ނަމުގައެވެ. އޭނާ މުނާޒާ ވަކިވާން މަސައްކަތް ކުރަނީ އެނޫން ގޮތެއް ނެތިގެންނެވެ. މުނާޒަށްވެސް އެކަން އެނގެއެވެ. ވުމާއެކު، މުނާޒް ޤަޞްދުކުރީ ނަދުހާގެ ހިތްހަމަޖައްސައިދިނުމަށްޓަކައި މުނާޒްގެ ސިފައިގައި ނަދުހާއާ ވަކިވުމަށެވެ. އޭނާ ދެން ނަދުހާގެ ލޯބި ލިބިގަންނާނީ އެހެން ސިފައެއްގައެވެ.
[މުނާޒް، ދެން ނަދުހާގެ ޙަޔާތަކަށް ނާންނާނެ....] މުނާޒް ރޮމުން ގޮސް ދޮރާ ދިމާލުން ގެއްލުނެވެ. އެއީ ހޮސްޕިޓަލްގައި ހުރެފައި އައިސް ނަވާލް ގެއަށް ވަންވަގުތެވެ.
ކޮޓަރި ދޮރު ހުޅުވާލުމާއެކު، ނަވާލް ހުއްޓުނެވެ. އެނދުގައި ނިދާފައި އޮތް ލޯބިލޯބި އަންހެން ކުއްޖާ ފެނުނީމައެވެ. އެއީ ނަދުހާގެ ބޮލުގައި އޮންނަކަހަލަ ރަން އިސްތަށިކޮޅެއްލީ ދޮން ބައްޓެއްކަހަލަ ކުއްޖެކެވެ. ނަވާލަށް މަޑުޖެހިލެވުނީ އެހެންވެގެންނެވެ.
[ކާކު ކުއްޖެއް؟ ހާދަ ލޯތްބޭ....] ނަވާލް އެތެރެއަށް ވަނެވެ.
[އަހަރެންގެ. ވައްތަރުވެސްމެދޯ؟] ސަމާސާއަކަށް ހަދައިގެން ފުރަތަމަ ނަދުހާ ހާމަކުރީ ތެދެވެ.
[ސަމާސާނުކޮށްބަލަ. ހާދަ ރީތި ކުއްޖެކޭ، ހޭލައްވާލަންތަ؟] ނަވާލް މަޑުމަޑުން ރަނާގެ ކޮލުގައި ކޮއްޓާލިއެވެ.
[މަންމަގެ ރައްޓެއްސެއްގެ....މަންމައެއް ނޫން، ދަލޭކަދައްތަގެ ރައްޓެއްސެއްގެ ދަރިއެއް. އަހަރެން ކުއްޖަކު ނެތިގެން ފަޅުވެގެން އުޅޭތީ މަންމަ....ދަލޭކަދައްތަ އަހަންނަށް ހޯދައިދިނީ....އަހަރެން އެމީހުން ގާތު ބުނިން، އަހަރެން ކިޔުއްވާނީވެސް މަންމައޭ.....] ނަދުހާ ބުންޏެވެ. ނަވާލް ހިނިތުންވެލިއެވެ.
[މިހާ ރީތި ކުއްޖަކު ދޫކޮށްލާކަށް، މިކުއްޖާގެ މަންމަވެސް ފަހެއް ނުޖެހުނު....] ނަވާލް އެނދުގައި އިށީނެވެ.
[ކޮބާ ޒިލާއާއި ދަރިފުޅުގެ ޙާލު ރަނގަޅުތަ؟....] ނަދުހާ އެއްސެވެ. ނަވާލް ނަދުހާ ގާތު ދައްކަން އައި ވާހަކައިގެ މަތިން ހަނދާންވީ ދެނެވެ.
[ރަނގަޅު....ދެމައިންގެ ޙާލުވެސް. ނަދޫ އަހަރެން ބޭނުން ވަރަށްބޮޑު ވާހަކައެއް....ދައްކަން...] ނަވާލް ނަދުހާގެ މޫނަށް ބަލައިލިއެވެ.
[ކޮން ވާހަކައެއް؟....] ނަދުހާ އެހިއެވެ. ޝައުޤުވެރިކަމާ އެކުގައެވެ.
[ޒިލާ ބޭނުންވަނީޔޯ.....ދެއަންބަށް އަހަންނާ އިންނަން.....] ނަވާލް އިސްޖަހާލިއެވެ. ވަގުތުން ނަދުހާގެ މޫޑު ބަދަލުވިއެވެ. އެކަމަކު އެއީ ނަވާލް ހީކުރިގޮތެއް ނޫނެވެ. ނަވާލް ހީކުރީ ނަދުހާ އެއްވެސް ހިތްބުރަކަމެއްނެތި އެގޮތާ ރުހި ގަބޫލުވާނޭ ކަމަށެވެ.
[އަހަރެން ބުނީމޭ، އަހަރެން ނީންނާނަމޭ....] ނަވާލް ނަދުހާގެ އަތުގައި ހިފަހައްޓާލިއެވެ.
[ދެއަންބަށް އިންނާކަށް ނުރުހެވޭނެ. އެކަމަކު ނަވާލް ދަރިފުޅު ގާތަށް ދިޔުމަކަށް އަހަރެން ދުވަހަކުވެސް ހުރަހެއް ނާޅާނަން.] ނަދުހާ ނަވާލްގެ މޭގައި ބޯއަޅާލިއެވެ.
ދެން ފާއިތުވާން ފެށީ އަނެއްކާވެސް ނަވާލާއި ނަދުހާގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކެވެ. އެއްވެސް ހުރަހެއްނެތި ނަދުހާއަށް މިހާރު ވަނީ އޭނާގެ ދަރިފުޅު ރަނާއަށް މައިވަންތަ ލޯބި ދިނުމަށްވެސް މަގުފަހިވެފައެވެ. އެހެންމެ ނަވާލްވެސް އޭނާގެ ދަރިފުޅަށް ބައްޕަގެ ލޯބި ދިނުމުގައި ފަހެއްނުޖެހެއެވެ.
މިގޮތުގައި ނަދުހާއާއި ނަވާލް، އުފަލާއި ހިތްހަމަޖެހުމާއެކު ދުވަސްތައް ގުނަމުންދާއިރު، ޒިލާއާއި މުނާޒްގެ ހާލަކީތޯއވެ. މުނާޒް އަންނަނީ ވޭނާއި ހިތްދަތިކަމާއެކު ނަވާލާއި ނަދުހާގެ އުފާވެރި ދިރިއުޅުން ނިކަން ގާތުން ބަލަމުންނެވެ. ހަމައެހެންމެ، އަމިއްލަ ގޮތްދޫނުކުރުމުގެ ސަބަބުން ލޯބީގެ އާރުން ފެންލިބުމުން މަޙްރޫމް ވެފައިވާ ޒިލާގެ ކަމަކީ، އެކަނިވާ ކޮންމެ ވަގުތަކުވެސް ތިމާގެ ކުށަށް އިޢްތިރާފްވާ ޙާލުގައި ދެލޯ ފުރެންދެން ރުއިމެވެ. ގިސްލުމެވެ. މިހާރު އެއީ އޭނާގެ ދާއިމީ ބައްޔަކަށްވެފައިވާ ކަހަލައެވެ.
[ދަރިފުޅާ، ދެން ތިގޮތަށް ރުއިމުގެ އެއްވެސް ބޭނުމެއް ނެތް. މަންމަގެ ބަހެއް އަހަންޏާ، އެހަނދާންތަކާ ދުރަށްދެވޭތޯ އެހެން ކައިވެންޏަކާ ދޭތެރޭ ވިސްނާ....] މަންމަ ޒިލާއަށް ހިތްވަރުދިނެވެ.
[ނޫން...މަންމާ....އަހަރެން ބޭނުމީ މިދަރިފުޅުގެ ބައްޕަ....އަހަރެން މަރުވެގެންދާނީވެސް ނަވާލްގެ ހަނދާންތަކުގައި (ނަވާލަށްޓަކައި) ދެމިހުރެ.....] ރޮއިރޮއިފައި ޒިލާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު