ރަށެއްގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއް
ރަށެއްގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއް
ޔޫޓިލިޓީ ކުންފުނިތައް މެނޭޖްކުރުމުގައި ހުރި މައްސަލަތަކެއްގެ ބުރަ، ރައްޔިތުން ނަގަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މިސަރުކާރުން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިސަރުކާރުން ކުރަށްވާނެކަމުގެ ޔަޤީންކަން، ރައީސް މިއަދު ވަނީ ދެއްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށާއި، ހަކަތައިގެ ސިޔާސަތުގެ ކަންކަން ބެލެހެއްޓެވުމުގައި ސަރުކާރުގެ ފަރާތުން ނުވަތަ ކުންފުނިތަކެއްގެ ނާޤާބިލުކަމެއްގެ ސަބަބުން އުފެދޭ ތަކުލީފުތައް ރައްޔިތުން އުފުއްލަން އެދިވަޑައި ނުގަންނަވާ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާ ކުންފުނިތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަންހުރިކަންވެސް ރައީސް ފާހަގަ ކުރަށްވާފައެވެ.

“މީ ރާއްޖޭގެ ތާރީޚުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަ ކަމެއް ކުރި. މިކަން އަޅުގަނޑު މިކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށް. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން.” ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ރައީސް އަންގަވާފައިވެއެވެ.

ކަރަންޓް ޓެރިފް ރޭޓަށް ބަދަލުތަކެއް ގެނަސް ކަރަންޓް ބިލްގެ އަގު ހެޔޮކޮށްފައި މިވަނީ މިފަހަކަށް އައިސް ކަރަންޓް ބިލްތަކަށް އާންމު ރައްޔިތުން ކުރަންޖެހޭ ހޭދަ ބޮޑުވަމުންދާތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން