ރާއްޖޭގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އޮސްޓްރޭލިއާއިން ރާއްޖެއަށް އަސްކަރީ އުޅަނދެއް ހަދިޔާ ކުރަން ނިންމިކަން ހާމަކުރަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރާއްޖޭގެ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ރައީސް ކޮށްދެއްވާ ބުރަ މަސައްކަތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޮސްޓްރޭލިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކުރަނީ "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެކެވެ.
މި އުޅަނދު ހަދިޔާ ކުރަން ނިންމިކަން ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވަނީ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި ބައްދަލުވުމަށްފަހު ޑިފެންސް މިނިސްޓަރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ދެެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓްގައި މިނިސްޓަރު ޣައްސާނު ވިދާޅުވީ އަސްކަރީ އުޅަނދު ހަދިޔާކުރެއްވުމަށް އޮސްޓްރޭލިޔާއިން ނިންމި ނިންމުމަކީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މި ވެސަލް ބަނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ކަނޑުގެ އަސްކަރިއްޔާއަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އޮސްޓްރޭލިޔާ އިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށްވެސް ބާރަކަށްވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމަށް އިޝާރާތްކުރައްވާ އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ރިޗާޑް މާލްސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދީ ސަލާމަތާ ރައްކާތެރިކަން އޮސްޓްރޭލިޔާގެ އިޤްތިޞާދާ ވިޔަފާރިއަށްވެސް މުހިންމު ކަމަށެވެ.
އަދި މިހާރު ބޯޓު ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރު އެ ވެސަލް އެމްއެންޑީއެފާ ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

Sifainge emme mathee veriyaa, Raeesul Jumhooriyya Dr @MMuizzu, qawmee dhifaaee baaruge askaree qaabilkan ithuru koh dhevvumah kuravvaa buramasahkaihpulhah assaribahaa saabahaai shukuru hithuge funminun hifehettumeh nethi dhannavan! 🇲🇻 https://t.co/OoEm0yRb3D
— Mohamed Ghassan Maumoon (@mgmaumoon) June 2, 2025
އޮސްޓްރޭލިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކުރަނީ "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެކެވެ.
މި އުޅަނދު ހަދިޔާ ކުރަން ނިންމިކަން ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވަނީ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި ބައްދަލުވުމަށްފަހު ޑިފެންސް މިނިސްޓަރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ދެެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓްގައި މިނިސްޓަރު ޣައްސާނު ވިދާޅުވީ އަސްކަރީ އުޅަނދު ހަދިޔާކުރެއްވުމަށް އޮސްޓްރޭލިޔާއިން ނިންމި ނިންމުމަކީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މި ވެސަލް ބަނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ކަނޑުގެ އަސްކަރިއްޔާއަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އޮސްޓްރޭލިޔާ އިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށްވެސް ބާރަކަށްވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމަށް އިޝާރާތްކުރައްވާ އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ރިޗާޑް މާލްސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދީ ސަލާމަތާ ރައްކާތެރިކަން އޮސްޓްރޭލިޔާގެ އިޤްތިޞާދާ ވިޔަފާރިއަށްވެސް މުހިންމު ކަމަށެވެ.
އަދި މިހާރު ބޯޓު ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރު އެ ވެސަލް އެމްއެންޑީއެފާ ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު