އަންނަ ސެޕްޓެންބަރުގައި ފަށާ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކްގައި މިއަދު އޮތް އިންތިހާބުގައި އދ.ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު އެ ފުރުސަތު އޭޝިއާ ޕެސިފިކް ގްރޫޕުން ދެން ލިބުނީ ލުބުނާނާއި ބަންގްލަދޭޝްގެ އިތުރުން ސައުދީއަރަބިއްޔާ އަދި ޓިމޯލެސްޓޭއަށެވެ.
މީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ފަސް ގައުމުކަމަށްވާ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ ވެސް ނައިބު ރައީސުންގެ ގޮތުގައި ހިމެނޭނެއެވެ.
އާންމު މަޖިލީހުގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނުނުކަން މިރޭ ހަމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެ މަގާމު ރާއްޖެއަށް ލިބުނުކަމަށްޓަކައި މަރުހަބާ ދަންނަވާކަމަށާއި އާންމު މަޖިލީހުގެ 80 ވަނަ ސެޝަނަކީ ކާމިޔާބު ސެޝަނެއް ކަމުގައި ކަށަވަރު ކުރުމަށް އެހެން ބައިވެރިންނާ އެކު ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ މި އަހަރަކީ އދ ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 60 އަހަރު ފުރޭ އަހަރު ކަމަށްވުމުން އދ. ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް މި އަހަރު ލިބުން އެއީ ހާއްސަ ކަމެއްކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ރާއްޖެ ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު