ޝައިޚް އަލީ ޒައިދު
ޝައިޚް އަލީ ޒައިދު
ހުކުރު ވަގުތަށް ބައިނަލްއަގުވާމީ ފްލައިޓްތައް ސަސްޕެންޑް ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައިވާއިރު، މީގެ އެތައް އަހަރެއް ކުރިން އޮތް ގޮތަށް، ހުކުރު ވަގުތުގައި ރާއްޖެއަށް ފްލައިޓް ނުޖެއްސޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުހައްމަދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މެމްބަރު އިއްބެގެ ވިސްނުމާ ދެކޮޅު ހައްދަވަމުން ޝައިޚް ޒައިދު ވިދާޅުވީ، އިންޓަނޭޝަނަލް ފްލައިޓްތަކަކީ އެހެން ޤައުމުތަކާއި ގުޅިފައިވާ ފްލައިޓްތަކެއް ކަމަށެވެ. އެހެންކަމުން ހުކުރު ގަޑިޔަށް އިންޓަނޭޝަނަލް ފްލައިޓްތައް ސަސްޕެންޑް ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.

“ނަމަވެސް ޑޮމެސްޓިކް ފްލައިޓްތައް ހުކުރު ގަޑިޔަށް ތިރީހަކަށް މިނެޓަށް މަޑުކޮށްލުމަކީ ވަރަށް ރަނގަޅު ކަމެއް!” ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.



ޒައިދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާގައި މެންބަރު އިއްބެ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާ ހަމައަށް ދިވެހިރާއްޖޭގައި ހުކުރު ދުވަހުގެ ހުކުރު ވަގުތު ފްލައިޓް އޮޕަރޭޓް ނުކުރާ ކަމެކެވެ.

ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ޒަމާންވީ ޝިއާރަކަށް ގެއްލުންވާ ގޮތަށް މަދަނީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތައް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަވެގެން ދިޔުމަކީ އެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުކުރު ގަޑީގައި ފްލައިޓް ޖެއްސޭ ގޮތަށް ބަދަލުކުރުމުގެ ސަބަބުން 31 ޑިޕާޓްމަންޓަކުން 2،881 މުވައްޒަފެއްގެ ހުކުރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން މިހާރު ވެސް މެދުނުކެނޑި ކުރިއަށްދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން