ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން މަގާގުން ވަކިކުރައްވާފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
އޭގެފަހުން، ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ފާސްކުރީ އެ ނަންތައް ދިރާސާކުރުމަށް މެންބަރުންނަށް އިތުރު ވަގުތު ދިނުމަށެވެ.
އެ ނަންތައް ދިރާސާކުރުމަށް ފަހު ކޮމެޓީން މިއަދު ވަނީ އެ ދެ ބޭފުޅުން ރުހުން ދީ، ނަން ފާސްކުރަން ތަޅުމަށް ފޮނުވައިފައެވެ.
ކޮމިޓީން މިއަދު ރުހުން ދީފައިވާ، ހައިކޯޓުގެ ފަނޑިޔާރު ސަލީމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމު 12 އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފައެވެ. އަދި ފަނޑިޔާރު ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަށްވާފައެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން، އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު