އެމީހަކާ ދޭތެރޭ ނުބައިކޮށް ހިތާ މީހާއަށްވެސް އެކަމުގެ ރައްދުގައި ހެޔޮކޮށް ހިތުމަށް ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.
ނަމިރާ މިސްކިތުގައި މިއަދު ދިން ހައްޖު ހުތުބާގައި އަލްމަސްޖިދުލް ހަރާމްގެ އިމާމު ޝައިހް ޑރ. ސާލިހު ބުން އަބްދުﷲ ހުމައިދު ވަނީ ތަގުވާވެރިވުމަށް ނަސޭހަތްތެރި ވެފައެވެ. އަދި ތަގުވާވެރިވުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމާއި އެއީ އާހިރަތުގައި ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚުތުބާގައި ޝައިހް ވިދާޅުވީ ޝައިތާނާގެ ބޭނުމަކީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުން ކަމަށެވެ. އެހެންވެ ނުބައިކޮށް ހިތާ މީހާއާމެދުވެސް ހެޔޮކޮށް ހިތަން ވަނީ ގޮވާލައްވާފައެވެ.
ޝައިހް ވިދާޅުވީ، އިސްލާމް ކަމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް މަތީ ދަރަޖައަކީ އިހުސާންތެރިވުން ކަމަށާއި އިހުލާސްތެރިންނަށް މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ތެދުބަސް ބުނުމަށާއި، ދޫ ރައްކާތެރިކުރުމަށާއި، މާތް ﷲ އަށް ޝިރުކު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ކީރިތި ރަސޫލާއަށް އީމާންވުމަށް ގޮވާލައްވައި، ރަސޫލާ ގެންނެވި ކަންކަމަށް ފުރިހަމައަށް ތަބާވެ، މަނާކުރެއްވި ކަންކަމުން ދުރުވެ ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ހުރިހާ ކަމެއްގައި އެންމެ ފަހު ނިޔާއަކީ މާތް ނަބިއްޔާގެ ސުންނަތް ކަމަށްވެސް ޝައިހް ވިދާޅުވި އެވެ.
ޚުތުބާގައި ވަނީ ނަމާދަށް ރައްކާތެރިވުމަށާއި ޒަކާތް ދިނުމާއި ރޯދަ ހިފުމާއި ހައްޖުވުމުގެ މާތް ކަމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ.
މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި މަޑުކުރާނެއެވެ. އަދި އޮއްސުމާ އެކު، ހުރިހާ ހައްޖުވެރިން ވެސް ދެން ދަތުރު ފަށާނީ މުޒްދަލިފާ އަށް ދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު