ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު-
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު-
ލަގްޒަމްބާގަށް ރާއްޖެއިން ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރު، ގީލާ އަލީގެ މަޤާމުގެ ފަތްކޮޅު ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް ހެންރީ އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކަލް ޕެލެސް ގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ސަފީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އަދި ރާއްޖެއާއި ލަގްޒަމްބާގު އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ސަފީރު އެރުވިއެވެ.

ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ލަގްޒަމްބާގު އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ސަފީރު ގީލާއަކީ ލަގްޒަމްބާގުގެ އިތުރުން ރާއްޖެއިން ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށްވެސް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން