ހުކުރު ހުތުބާއެއް އަޑުއިއްވަނީ
ހުކުރު ހުތުބާއެއް އަޑުއިއްވަނީ
މުޖްތަމައުގެ އިޖްތިމާއީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައެއްގެ އަފުރާދުންގެ މެދުގައި އެކުވެރިވެ، އެއްބަނޑު އެއްބަފާ ގުޅުމެއް އޮވެގެން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ދީފައިވަނީ "އެކަކު އަނެކަކަށް އެހީތެރިވުން" މި މައުޟޫއަށެވެ.

އެގޮތުން މިއަދުގެ ހުތުބާގައި ބުނީ މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ.

އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ ވާޖިބު ކަމަށާއި އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއްގެ އިތުރުން މުއުމިނުންގެ ސިފައެއް ކަމަށްވެސް ބުންޏެވެ.

އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތެލެސީމިއާ ކުދިންނާއި ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިވެ، އެހީތެރިކަން ދޭންޖެހޭ ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

އަދި އެކުވެރިކަމާއި އުހުއްވަތްތެރިކަމަކީ ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުއޫރެއް ކަމަށާއި އެއީ އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން