ލައިބާ އަހުމަދު މަޚްލޫފު
ލައިބާ އަހުމަދު މަޚްލޫފު
އާމޭނިޔާގައި ކުރިއަށް ދިޔަ ބެޑްމިންޓަން މުބާރާތެއްގައި 3 ރަން މެޑަލް ހާސިލް ކުރި ލައިބާ އަހުމަދު މަޚްލޫފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް." ރައީސް ވިދާޅުވިއެވެ.



މިއީ މިހާތަނަށް ލައިބާގެ ބެޑްމިންޓަން ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި މިއީ އެއް މުބާރާތެއްގެ ތިން ކެޓެގަރީއަކުން ލައިބާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެއެވެ. 

މި މުބާރާތުގައި އާމީނިއާ އާއި ސައިޕްރަސް އާއި ރާއްޖޭގެ އިތުރުން ރަޝިޔާ އާއި ޔުކްރެއިން އަދި ޖޯޖިއާގެ 92 ކުޅުންތެރިން ވާދަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން