އަބްދުލްކަރީމް، ބަންގްލަދޭޝް
އަބްދުލްކަރީމް، ބަންގްލަދޭޝް
ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އަބްދުލް ކަރީމް، ބަންގްލަދޭޝް (45އ) އެވެ.

މި މައްސަލައިގައި އަބްދުލްކަރީމްގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އޭނަގެ ބަންދަަށް ކޯޓުން އިތުރު 15 ދުވަސް ޖެހީ އިއްޔެއަށް މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުންނެވެ.

މިމައްސަލައިގެ މުއްދަތު މަޖިލީހުގައި އަބްދުލްކަރީމް ބުނެފައިވަނީ، އެ ސިނގިރޭޓުތަކަކީ އޭނާގެ ރައްޓެއްސަކު ދިން އެއްޗެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން