މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް 4.5 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި، ވަޒީރު ޝިޔާމް ވިދާޅުވީ މިއީ މިހާތަނަށް މަސްވެރިކަމުގެ ސިނާޢަތަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ. އޭގެތެރޭގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމާއި، އެކްސްޕޯޓްކުރާ މަހުގެ ވެލިއު އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ހަމައެހެންމެ ވަޒީރު ވިދާޅުވީ، މިއިންވެސްޓްމަންޓްތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކެއް ހައްލު ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ސަބްސިޑީ ދޭންޖެހޭ ސިނާޢަތެއްގެ ބަދަލުގައި، ފައިދާ ލިބޭ ސިނާޢަތަކަށް މަސްވެރިކަން ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލުކުރުމަށްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
އަދި މި ފަސް އަހަރުގެ ތެރޭގައި އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު